އަހަރުމެންގެ ރާއްޖޭގެ ސަގާފަތް އޮތްގޮތުން ކައިވެނި ކުރުމަށްފަހު އަނބިމީހާ އުޅެން ޖެހޭނީ ފިރިމީހާގެ އާއިލާއެކު ފިރިމީހާގެ މައިންބަފައިންގެ ގޭގައެވެ. ނަވަސް ފަހަކަށް އައިސް މިކަން ބަދަލުވެ ދެމަފިރިންގެ ތެރެއިން ކޮންނެވެސް އެކެއްގެ އާއިލާއެކު ދިރިއުޅުން ވޭތުކުރެއެވެ. މިހެން މިކަން ވެފައިވަނީ ކައިވެނި ކުރާއިރު ދެމަފިރިންނަށް ވަކި ބޯހިޔާވަހިކަމެއް ލިބިފައި ނުވާތީއެވެ.
ގިނަފަހަރަށް މިގޮތަށް އާއިލާއެކު ދިރިއުޅުމަކީ ވަރަށް ބޮޑެތި މައްސަލަތައް ޖެހޭކަމެކެވެ. ގިނަ މީހުން އެކީގައި އުޅޭނަމަ މައްސަލަތައް ހުންނާނެކަން ކަށަވަރެވެ. ބައެއްފަހަރު ދެތިން، ފަހަރިން އެކީގައި އުޅޭނަމަ ދަރީން ލިބުމަށްފަހު މައްސަލަތައް މާބޮޑެވެ. ދަރީންގެ މެދުގައި ކުޅެން އުޅުމުގެ ތެރޭގައި ހިނގާފައިވާ ކަންކަމުން އުފެދިފައި ހުރި މައްސަލަތައްވެސް މަދެއްނޫނެވެ. އާއިލާގެ އެހެން މީހުން ކުރާ ކަންކަމާއި ދެމަފރިންނަށް ބެހެވި އަދި ދެމަފިރިން ކުރާ ކަންމާއި އާއިލާއިން ވެސް ބެހެވި ޖެހޭ މައްސަލަތަކެވެ.
ދާދި ފަހުން ރައްޓެއްސަކު ކިޔައިދިން ވާހަކައެކެވެ. އޭނާގެ ދިރިއުޅުމަށް ވިހަލާ ވަރުގަދަ ހަރުފައެއް އެބައުޅޭ ކަމަށެވެ. ހަރުފަގެ ކިބައިން ސަލާމަތްވާން އޭނާ ދުޢާކުރާ ކަމަށެވެ. އަހަރެން ކޮން ހަރުފައެއްހޭ ބުނުމުން އެކުވެރިޔާ ބުނީ އޭނާގެ މައިދައިތަ ކަމަށެވެ.
އެކުވެރިޔާ ކިޔައިންދިން ގޮތުގައި އޭނާ ކައިވެނި ކުރީ ދެފަރާތުގެ އާއިލާވެސް ރުހި ގަބޫލުވެގެން ކަމަށެވެ. ނަމަވެސް ކައިވެނީގެ އުފާވެރި ޕާޓީ ނިންމާލައިފައި އަނބިމީހާއެކު އޭނާގެ މައިންބަފައިން ކަރީ ދިރިއުޅެން ދިޔަ ހިސާބުން މައިދައިތަ ބަދަލުވީ އެންމެ ވިހަގަދަ ކޮބްރާއަކަށެވެ. މަންމައަކު އޭނާގެ އަންހެންދަރި މީހަކާއި އިނުމުން ދޭންޖެހޭ ނަސޭހަތް ދިނުމުގެ ބަދަލުގައި ދަރިފުޅަށް ކިޔައިދިނީ ދަރިފުޅުގެ ދިރިއުޅުން ހަލާކު ކޮށްލާ ކަހަލަ ނަސޭހަތެވެ. އަދި މި ނަސޭހަތްދިނީ އެކުވެރިޔާ އާއި އޭނާގެ އަންހެނުން ހާޒިރުކޮށް މައިދައިތަ ގޮޑިއަކަށް ދެފައި އެއްލައިގެން އިދެކަމަށެވެ.
މައިދައިތަ އޭނާގެ އަންހެނުން ކައިރީ ބުނީ ދަރިފުޅާއެވެ، ދަރިފުޅު ކޮންމެހެން އޭނައަށް ކާންދީ އެއްޗެހި ދޮވެދީ އިސްތިރިކޮށް ހަދާކަށް މަޖްބޫރެއް ނޫނެވެ. އެއީ ފިރިމީހާ އަމިއްލައަށް ވެސް ކުރެވޭނެ ކަމެއް ކަމަށެވެ. މަންމަ ދަރިފުޅުގެ ބައްޕަ އާއި އިދެގެން އުޅޭތާ މިހާރު މިވީހާ އަހަރު ވީއިރުވެސް ދަރިފުޅުގެ ބައްޕަ ފަރާތު އާއިލާ އަކާއި މަންމަ ގުޅުމެއް ނުބާއްވަމެވެ. ގުޅުން ބާއްވައިފިނަމަ ތިދިރިއުޅުން އުފާވެރިއެއް ނުވާނެ ކަމެށެވެ. އަހަރެން ހިތަށް އެރިއެވެ. މިއޮތީ ވަރުގަދެ ކަމަކާއި ލައިގެންފައެވެ. ކޮންމެއަކަސް ކައިވެނީގެ ފުރަތަމަ ކޮޅު ވީމައި މައިދަތަ އެދެއްކި ވާހަކައަކަށް އޭނާއަށް ރައްދު ދޭކަށް ބެނުން ނުވިއެވެ. އަދި އަންހެނުންދެކެ ވާ ލޯބި ބޮޑު ކަމުންވެސް އަންހެނުން ދެރަވެދާނެތީ އޭނާގެ މަންމަ ކުރިމަތީގައި ޖަދަލުކޮށް އެކަމަށް ރައްދުދޭން ބޭނުން ނުވިއެވެ.
އެކަމަކު އެރޭ ނިދަން އޮށޭވެލަމުން އަންހެނުން ކައިރީ އޭނާގެ މަންމަ އެދެއްކި ވާހަކަ ތަކަކީ ރަނގަޅު ވާހަކަތަކެއް ނޫންކަމަށާއި، މި ގުޅުން އުފާވެރިކިށް ދަމަހައްޓަން ބޭނުންވަނީނަމަ އެގޮތަށް އަމަލު ނުކުރަން އެދުނުކަމަށެވެ. އަންހެނުންގެ ޖަވާބަކީ އަޅާ ނުލާށެވެ، މަންމަމެންގެ ވިސްންނުން އެހެންހުރި ކަމަށްވިއަސް އަހަރުމެންގެ ދިރިއުޅުމުގެ ކަންތަށް ކުރިޔަށް ގެންދަންވާނެ ގޮތް އިނގޭނީ އަހަރުމެންނަށް ކަމަށް ބުނިއެވެ. އަންހެނުންގެ އެ ޖަވާބައް އޭނާ ވަރަށް އުފާވިކަމަށެވެ.
ކައިވެންޏަށް ހަތަރު މަސް ވެއްޖެއެވެ. އަންހެނުންވެސް އަހަންނާއިއެކު އަހަރެންގެ މައިން ބަފައިންގެ ގެއަށް ޒިޔާރަށްކޮށް އުޅެމެވެ. ނަމަވެސް މައިދައިތައަށް މިކަން އެގި އަންހެނުންނަށް އަހަރެންގެ މައިންބަފައިންގެ ގެއަށް ދިޔުން މަނާކޮށްފިއެވެ. އޭރު އަންހެނުން ބަނޑު ބޮޑެވެ. އެކުވެރިޔާ ކިޔައިދިނެވެ. އަހަންނަށް ހަތަރެސްކަން ފެނު ޖެހުން ކަހަލައެވެ. ނަގަންމިއުޅޭ ކަނޅު ބޯ ވިލާ ގަނޑުގެ ބިރުވެރިކަން އިހުސާސް ވާން ފަށައިފިއެވެ. މަޑު މަޑުން އޭނާގެ ހިތުގައި މައިދައިތައާއި މެދު އަލިފާން ރޯވާން ފަށައިފިއެވެ. އަންހެނުންހުރީ މައިދައިތަގެ ފުރިހަމަ ކޮންޓްރޯލްގައެވެ. އަހަރެންގެ އާއިލާ މީހުންނާއި ގުޅުން ކަނޑައިފިއެވެ. އެއިން މީހަކު ފެނުނަސް ފެންނަ ކަމަށްވެސް ނުހެދިއެވެ. ކައިވެނީގެ ފުރަތަމަ ދުވަހު އަންހެންގެ މަންމަ އޭނާއަށް ދިން ނަސޭހަތާއި އެއްގޮތަށެވެ. ކޮންމެއަކަސް ލިބެން އުޅޭ އަލަތު ދަރިފުޅާ އެކީގައި މި ދިރިއުޅުމާއިގެން އުޅެންވީއޭ ހިތަށް އަރުވައި އިވޭ އަޑުވެސް ނުއިވޭ ކަމަށް ހަދައިފީމެވެ.
އަންހެނުން ވިހާ ދުވަސް ކައިރި ވެއްޖެއެވެ. ލިބެން އުޅެނީ އަންހެން ކުއްޖެއް ކަމަށްވާތީ އަހެރެންދިޔައީ ކުއްޖާއަށް ކިޔާނެ ރީތި މާނަ ރަނގަޅު ނަމެއް ހޯދަމުންނެވެ. އަހަންނަރީތި ނަންތަށް އަންހެނުންނާއިވެސް ހިއްސާ ކުރަމުންނެވެ. ކޮންމެއަކަށް އަހަރުމެން ދެމަފިރިން ނަމެއް އިޙްތިޔާރު ކޮށްފީމެވެ. އަންހެނުން ވިހަން ފަނަރަޔަކަށް ވެފައި އޮއްވައި އަހަރުމެންގެ ދަރިފުޅަށް ކިޔާނެ ނަމެއް މައިދައިތަ ހަމަ ޖައްސައިފި ކަމަށް އަންހެނުން ކައިރީ ބުނެފިއެވެ. އެވަގުތު އަންހެނުން އަހަރުމެން ދެމަފިރިންނަށް ވަރަށް ރީތި ނަމެއް މިހާރު ހަމަޖައްސައިފި ކަމަށް ބުނިއެވެ. ހަމަ ބުނެތަނާ މައިދައިތަ ބުނެފިއެވެ. ތިމަންނަ ބޭނުންވާ ނަން ނުކިޔައިފިނަމަ މީގެފަހުން ތިމަންނައަށް މަންމަ ކިޔައިގެން ވެސް ނުވާނެ ކަމަށެވެ. އަދި ތިކުއްޖާ ވަހައިގެން ކިތަންމެ ދުވަހަކު ހޮސްޕިޓަލްގައި އޮތަސް ނުދާނެ ކަމަށާއި ވިހައިގެން މި ގެއަށްވެސް އައިސްގެން ނުވާނެކަމަށެވެ.
މިހުރިހާ ކަމެއް ހިނގަމުންދާއިރު އަހަރެންގެ ބަފާބެ ކަހާތަން ހިރުވާސްނުލާ ކަމަށް ހެދިންގެން ހުރީއެވެ. ބަފާބެއަކީ ބަސްމަދު މީހެކެވެ. ބަފާބެ އާއި މައިދައިތެގެ ކައިވެނި އެހާ ދުވަހަށް ދެމިގެން ދިޔައީ ބަފާބެގެ އާއިލާ މީހުންނާއި ގުޅުން ކަނޑައި މާއިދައިތަ ހެދިހައި ގޮތަކަށް ރުހި ޤަބޫލުވެގެން އުޅުނީމައެވެ. މީގައި ބަފައިބެއަށް އޮތީ ކޮން ހިތްހަމަޖެހުމެއްބާވަައޭ އަހަރެން ހިތަށް އަރައެވެ. މިފަހަރު ބަފާބެގެ ކުރިމަތީގައި އޭނާގެ އަންހެން ދަރިފުޅުގެ ދިރިއުޅުން ހަލާކު ކުރަމުންދާއިރުވެސް މައިދައިތައާއި އެއްބައިވެގެން އަޑިއަޑިން އުޅެނީ އަހަރުމެންގެ ދިރިއުޅުން ހަލާކު ކުރަނީއެވެ.
ކޮންމެއަކަސް މިއީ އަހަރެން ހަތިޔާރު ނަގަންވީ ފަހަރުކަން އަހަންނަށް ވިސްނިއްޖެއެވެ. އަންހެނުންވެސް އެހުރީ އޭނާގެ މަންމަގެ ބަހަށް ހުރިހާ ކަމެއް ކުރާށެވެ. އެހެންވީމާ އަހަރެން މަޑުން ހުރެއްޖެނަމަ ބަފާބެ އުޅޭ ހާލުގައި އަހަރެންވެސް އުޅެން ޖެހިދާނެއޭ ހިތަށް އަރައިފިއެވެ. އެހެންވެ އަހަރެން ފުރަތަމަ ފިޔަވަޅު އަޅަން ގަސްތުކޮށްފީމެވެ. އެއީ އަންހެނުން ގޮވައިގެން ވަކިން ތަނެއްގައި ދިރިއުޅުމަށެވެ. އެހެންވެ އެވާހަކަ އަންހެނުން ކައިރީ ބުނީމެވެ. އަންހެނުން އޭނަގެ މަންމަ ރުޅި އައިސްދާނެތީ އެކަމާއި ދެކޮޅު ހެދިއެވެ. އެހާހިސާބުން މައްސަލަތަށް ރަސްމީކޮށްް ފެށުނީއެވެ. އަހަރެން މައިދައިތަގެ ގެއިން ނުކުމެގެން ދިޔައީއެވެ. ނަމަވެސް އަންހެނުން އަހަރެންނާއި އެކު ނުދިޔައެވެ. އަހަރެން ގުޅިއަސް ފޯނުވެސް ނުނަގައެވެ.
އަންހެނުން ވިހައިފިކަގެ ހަބަރު ރައްޓެއްސެއްގެ ފަރަތުން ލިބުމުން އަހަރެން ވެސް އަލަތު ދަރިފުޅު ދެކިލާހިތުންނާއި ލޯބިވާ އަނބިމީހާގެ ހާލު ބަލައިލަން ހޮސްޕިޓަލްއަށް ދިޔައީމެވެ. ދިޔުމުން މައިދައިތަ އަހަރެން އެތެރެއަކަށް ނުވެއްދިއެވެ. އަހަރެންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. ގަދަހަދައި އަހަރެން އެތެރެއަށްވަދެ ދަރިފުޅު އުރާލީމެވެ. އެވަގުތު ބަފާބެ ވެސް މިކަމުގެ ތެރެއަށް ވަދެ އަހަރެން ހޮސްޕިޓަލް ރޫމަށް ވަނުމުން އަހަންނާއި ދިމާލަށް ހަޅޭ ލައްވައިގަތެވެ.
ނުނިމޭ

