ގދ. ތިނަދޫ ގައި ހުންނަ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ތިބި ބަލި މީހުން ކައިރިޔަށް ޒިޔާރަތް ކުރި ދުވަހެއްގައި އެތަނުގައި ހުންނަ ޑައިލަސިސް ސެންޓަރަށް ވަދެލުމުގެ ފުރުސަތު އަހަންނަށް ލިބުނެވެ. އެއީ އަހަންނަށް އެތަނަށް ވަނުމުގެ ފުރުސަތު ލިބުނު ފުރަތަމަ ދުވަހެވެ. އެތަނުގައި ވަރަށް ގިނަ މެޝިންތަކާއި ވަސީލަތްތައް ގާއިމްކުރެވިފައި ހުއްޓެވެ. އަދި ޑަކްޓަރުންނާއި ނަރުހުން އަވަދިނެތި ބަލިމީހުންގެ ޚިދުމަތުގައި އޯގާތެރިކަމާއެކު އެމީހުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަމުން ގެންދިޔައެވެ.
އަހަރެންވެސް ލިބުނު ފުރުސަތުގައި އަވަސްވެގަތީ އެތާގައި ތިބި ބަލި މީހުންގެ ކައިރިޔަށް ޖެހިލާ ޙާލު އޮޅުން ފިލުވާލުމަށެވެ. އެތަނުގައި އެދުމަތި ކުރެވިފައިވާ ކޮންމެ މީހަކީ ޙަޔާތުގެ ބާކީ ދުވަސްތައް ތަކުލީފާއި ވޭނުގައި ހޭދަކުރަން ޖެހިފައިވާ ބައެއްކަން އެމީހުންގެ ވާހަކަ ތަކުން އަހަންނަށް އިޙްސާސްވިކަހަލައެވެ. އެއިން ކޮންމެ މީހެއްގެ އަޑުގައި ވަނީ ވޭނުންފުރިގެންވާ އަސަރުތަކެވެ. ނަމަވެސް ކޮންމެ މީހެއްގެ ވެސް އުންމީދެއްވެއެވެ. މިއަދު މެޝެނެއްގެ އެހީގައި ދިރިއުޅެން ޖެހިފައިވިޔަސް މާދަމާ ޙާލަތު ބަދަލު ވެދާނެކަމުގެ އުންމީދެވެ. ކޮންމެ ވެސް ދީލަތި އަތެއްގެ އިޙުސާންތެރި އެހީއެއް ލިބި ހިތަށް ފިނިކަމެއް ލިބިދާނެ ކަމުގެ އުންމީދެވެ.
ތިނަދޫ ޑައިލަސިސް ސެންޓަރުގައި މެޝިންތަކުގެ އެހީގައި ޑައިލަސިސް ހަދަމުންދާ މީހުންގެ ތެރޭގައި އެކަކީ ހުވަދު އަތޮޅަށް ނިސްބަތްވާ ފިރިހެނެކެވެ.
އުމުރުން 58 އަހަރުގެ ގދ. ނަޑެއްލާ، މިސްކިތްދޮށުގޭ ޙަސަން އިސްމާއީލް އަކީ މީގެ 8 އަހަރު ކުރިން 2 ކިޑްނީ ފެެއިލް ވެފައިވާ މީހެކެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލް ތަކަށް ފަރުވާ އެއް ލިބޭތޯ މަސައްކަތް ކުރި މީހެކެވެ.

ލިބިފައިވަަ 8 ދަރިންނަށް ކިޔަވައި ދިނުމަށް މާލެ ބަދަލުވެ އާމްދަނީ ހޯދުމަށް ބުރަ މަސައްކަތް ތަކެއް ކުރަމުން ދިޔަ ޙަސަން މިއަދުވަނީ 2 ކިޑްނީ ފެެއިލް ވެގެން ފަރުވާ އަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން އެނބުރި އަމިއްލަ ވަޒަނަށް ބަދަލުވެފައެވެ. ކިޑްނީ އެއް ލިބޭތޯ ކުރި މަސައްކަތް ވެސް ނާކާމިޔާބު ވުމުން ﷲ އަށް ވަކީލު ކޮށް ރަށަށް ބަދަލުވެ ފައެވެ.
"އަޅުގަނޑަކީ މާލޭގައި ދަރިންނަށް ކިޔަވައި ދިނުމަށް ބަދަލުވެ ހުރި މީހެއް. ރަށުގައި އެފަދަ ކުރިއެރުމެއް ނެތީމަ. ވަރަށް މުރާލި ކޮށް މަސައްކަތް ކުރަމުން ދިޔައީ. ނަމަވެސް ކުއްލި އަކަށް ބަލިވ ާން ފެށީ. އަިއިޖީއެމްއެޗް ގެ ލަފާ މަތިން ފަރުވާ ކުރީ. އެކަމަކު އެމީހުނަށް ބަރޯސާ ވުމުން ހާލަތު ދިޔައީ ގޯހުންގޯހަށް. އިންޑިއާ އާ ހަމަޔަށް ދެވުމުން އެނގުނީ 2 ކިޑްނީ ވެސް ފެެއިލް ކަން. އެއިރު ވަޤުތު ފާއިތުވެއްޖެ" އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ޙަސަން އަސަރާއި އެކު ކިޔައި ދިނެވެ.

މިއަދު ޙަސަން ދިރިއުޅެނީ ތިނަދޫ ގައެވެ. މޭލޭގައި ދިރިއުޅުމަށް ކުރި މުރާލި މަސައްކަތްތެރި ހަނގުރާމަ ހުއްޓާލުމަށް މަޖުބޫރުވެގެންނެވެ. މާލޭގައި ދިރިއުޅެމުން ކޮންމެ މަހަކު 12 ފަހަރު އަިއިޖީއެމްއެޗްގައި އެކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާތީ ވެސްމެ އެވެ. ދަރިންގެ އެހީގައި ތިނަދޫ އަށް ބަދަލުވީ އާދައިގެ ދިރިއުޅުމެއް ހުޅެވި ހިނދޫ އިން ޑައިލަސިސް ވެސް ހެދޭތީ އެވެ.
" ނަސީބެއް އެއީ މި ޚިދުމަތް ތިނަދޫ އިން ލިބޭގޮތް މާތް ﷲ ގެ ހެޔޮ ރަޙުމަތުން މެދުވެރި ކުރެއްވި ތީ. ނަމަވެސް މިއީ ވަރަށް އަސަރު ކުރުވާ ހިތަށް އުނދަގޫވާ ކަމެއް. ކިޑްނީ އެއް ނެތި މުޅި އުމުރު ދާ ކަމުގެ އިޙުސާސް ދުލުން ބަޔާން ކޮށްދޭން ވަރަށް އުނދަގޫ." ޙަސަން ލޮލުން އޮހުން ކަރުނަތައް ފޮހެމުން ކިޔައި ދިނެވެ.
ކިޑުނީ ގެ ބަލި ކަމުގައި އޭނާގެ ލޮލަށް ވެސް މިހާރު ވަނީ އަސަރު ކުރަން ފަށާފިއެވެ. ދުވަހެއް ދުވަހަކަށް ދަނީ އަނދިރި ވަމުންއެވެ. އަތުގެ ނާރު ތައް ދުޅަވެ ވަނީ ގޮށް ލާން ފަހާފައެވެ. ހިގާބިންގާ އުޅެވުނަސް އޭނާގެ އޭނާ ވަނީ ވަރަށް ޙާލުގައެވެ. ކިޑްނީ އަކަށް ކުރާ އުންމީދު ކިތަންމެ ބޮޑު ވިޔަސް އާމްދަނީގެ މިންގަޑާ ޙާލަތު ތަންދޭގޮތުން އެއީ ވެސް މިހާރު ބާނަ އުންމީދެކެވެ.
މި ވަޤުތު އޭނާ އޮތީ ދީލަތި ފަރާތްތަކުގެ އެހީ އެވެ. ﷲ އަށްޓަކައި ފޯރުކޮށްދޭ މަދަދެވެ. ސަލާމަތުގެ އައްސޭރި އަށް މި ފަދަ ދަތުރެއް ކުރުމުގައި އޮތީ ސަލާމަތުން ތިބި ފުދުން ތެރިންގެ މަދަދެވެ. ތިޔަ ބޭފުޅުންގެ ހެޔޮ ދުޢާ އެވެ.
ޙަސަން އިސްމާއީލް އެހީ އެއް ވެދެއްވަން ބޭނުން ފުޅު ނަމަ 7702319 (ޙަސަން އިސްމާއީލް) އަށް ގުޅުއްވާ މަޢުލޫމާތު އޮޅުން ފިލުއްވުމަށް ފަހު 7730000321614 Hassan Ismail
މި އެކައުންޓް ނަންބަރަށް ޖަމާ ކޮއްދެއްވާށެވެ.
ދެއްވާ ސަދަޤާތަކީ ގެއްލިދާނެ އެއްޗެއް ނޫނެވެ.

