އާންމުކޮށް ސްޓްރޯކް ގިނައިން ޖެހެނީ ފެންވަރަން ފާޚާނާއަށް ވަދެ، ފުރަތަމަ ބޮލާއި އިސްތަށިގަނޑު ތެންމާތީއެވެ. މާނައަކީ އެންމެ ފުރަތަމަ ބޮލަށް ފެން އަޅާތީއެވެ. އެއީ އެކަން ކުރަންޖެހޭ ގޮތެއް ނޫނެވެ. އެއީ މުޅިން ގޯސް ގޮތެކެވެ.
މިގޮތަށް ބޮލަށް ފުރަތަމަ ފެން އެޅުމުން ބޮލާއި ހަށިގަނޑުގެ ފިނިހޫނުމިން ތަފާތުވެ، ކުއްލިއަކަށް ބޮލަށް ލޭ ފޮނުވައި ދިނުމުން، ހިތަށް ލޭ ފޮނުވައިދޭ މައި ހޮޅިތައް (އާރޓެރީސް) އެއްކޮށް ފަޅައިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސްޓްރޯކް ޖެހި، ފާޚާނާ ތެރެއަށް މީހާ ވެއްޓޭގޮތް ވެއެވެ.
ކެނެޑާގެ ޖާނަލް އޮފް މެޑިކަލް އެސޯސިއޭޝަންގައި ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ސްޓްރޯކް ނުވަތަ މިނީ ސްޓްރޯކްގެ ސަބަބުން ކުރިން ލަފާކޮށްފައިވާ ހިރާސްއަށްވުރެ، ހަގީގަތުގައި ސްޓްރޯކުގެ ހިރާސް މާބޮޑަށް ނުރައްކާތެރިވެފައި، އޭގެ އަސަރު ދިގުމުއްދަތަކަށް ދެމިގެން ދެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރެވުނު އެތައް ދިރާސާއަކުން ދައްކާ ގޮތުގައި، ފެންވަރާއިރު ސްޓްރޯކް ޖެހިގެން މަރުވުމާއި އަދި ވާގިނެތުމުގެ މައްސަލަ ދުވަހެއް ދުވަހަކަށް އަންނަނީ އިތުރު ވަމުންނެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މީހަކު ފެންވަރަން ވެއްޖެނަމަ، ފެންވަރަންވާނީ ފެންވެރުމުގައި ޢަމަލު ކުރަންޖެހޭ އުސޫލުތަކާއި އެއްގޮތަށެވެ.
ރަނގަޅު އުސޫލުތަކަށް ތަބާވެގެން ފެންވަރާ ނުލައިފިނަމަ ތިބާވެސް މަރުވެދާނެއެވެ. ފެންވަރާއިރު ފުރަތަމަ ބޮލާއި އިސްތަށިގަނޑު ތެންމައިގެން ނުވާނެއެވެ. އެހެނީ އިންސާނާގެ ހަށިގަނޑުގައި ލޭދައުރުވުން ހުންނަނީ ވަކި ފިނިހޫނު މިނެއްގެ ތެރޭގައެވެ. ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން ބޭރުގެ ފިނިހޫނުމިނަށް އެޖަސްޓްވާން ވަގުތުކޮޅެއް ނަގައެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ބޮލަށް ފުރަތަމަ ފެން އެޅުމުން ލޭ ދައުރުކޮށް ދިނިމުގެ ސްޕީޑް އިތުރުކޮށްދެއެވެ. އަދި ސްޓްރޯކް ޖެހުމުގެ ނުރައްކާ ވެސް އެވަގުތު އިތުރުވެގެން ދެއެވެ.
ކުއްލިއަކަށް ލޭގެ ޕްރެޝަރަށް ބަދަލުއައިސް، މާބޮޑަށް ލޭމައްޗަށް ދިއުމަކީ ސިކުނޑީގެ ލޭހޮޅިތައް ފަޅައިގެންދާ ކަމެކެވެ.
ފެންވެރުމުގައި ޢަމަލުކުރަންވީ ރަނގަޅު އުސޫލު:
ފުރަތަމަ ދެފައި ދޮންނާށެވެ. ދެން މަޑުމަޑުން މައްޗަށް ގެންގޮސް ދެ ކޮނޑަށް ފެން އަޅާށެވެ. އެއަށްފަހު، އަނގައަށް ފެންލައި އަނގަ ދޮވެލާށެވެ. އަދި އެންމެފަހުން ނިންމާލަމުން ބޮލަށް ފެން އަޅާށެވެ.
މިގޮތަށް އަމަލުކުރަން ޖެހެނީ ލޭމައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މަތިވުމާއި، މައިގްރެއިން ހުންނަ މީހުންނެވެ.
މި މަޢުލޫމާތު އުމުރުން ދުވަސްވީ މައިންބަފައިންނާއި ގާތްތިމާގެ މީހުންނަށް ބުނެދޭށެވެ.

