ހުވަދޫ މީޑިއާއިން މުޅި ރާއްޖެއަށް ހުޅުވާލައި އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ގައި ބައިވެރިވުމުގެ މުއްދަތު 16 އޭޕްރީލް 2023 އަށް ހަމަޔަށް އިތުރުކޮށްފިއެވެ.
ހުވަދޫ މީޑިއާއިން ބުނީ، މަދަޙަ ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވަނީ، އާންމުންގެ ޚިޔާލާއި މަޝްވަރާގެ މަތިންކަމަށާއި، އަދި ރަމަޟާން މަހަށް ވުމުން މަދަޙަ ފަރިތަކުރުމާއި ރިކޯޑް ކުރުމަށް އިތުރު ވަގުތު ދިނުމަށް ގިނަބަޔަކު އެދެމުންދާތީ ކަމަށް ހުވަދޫ މީޑިއާއިން މަޢުލޫމާތު ދެއެވެ.
"މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ގައި މިހާތަނަށް އެކި އުމުރުގެ ގިނަ ބަޔަކު ބައިވެރިވެފައިވާ ކަމަށް ހުވަދޫ މީޑިއާއިން މައުލޫމާތު ދެއެވެ.
އެއްވަނަ އަށް ދާ ހުށަހެޅުމަކަށް 10،000 ދިވެހި ރުފިޔާގެ ފައިސާގެ އިނާމް ދޭ "މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ހުވަދޫ މީޑިއާ އިން 1444 ވަނަ އަހަރުގެ ރަމަޟާންމަހަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ ފަނޑިޔާރުންނަކީ ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ތަރިން ކަމުގައިވާ މުހައްމަދު އަބްދުލް ޣަނީ (ތޭރަ)، އިބްރާހިމް ޒައިދް އަލީ (ކުޑައިއްބެ)، އަދި މަރިޔަމް އަޝްފާއެވެ.
"މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" އަކީ ވާރޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތުން މަދަޙަ ކިޔުމަށް ފަހު ހުވަދޫ މީޑިއާ އަށް ފޮނުވާ މަންޒަރާއި އަޑުގެ ރިކޯޑިން ހުވަދޫ މީޑިއާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރެވިގެންދާނެއެވެ.
މަދަޙަ ފޮނުވުމަށް : https://t.me/Huvadhoo (ޓެލެގްރާމް : 9334888)
މި މުބާރާތުގައި ކޮންމެ ބައިވެރިއަކަށްވެސް ހުށަހެޅޭނީ އެއް މަދަހައެވެ. އަދި ބައިވެރިން ހުށަހަޅާ މަދަހަ ކިޔަންވާނީ މިއުޒިކާ ނުލައެވެ. އެެހެންނަމަވެސް ޤުދުރަތީ އަޑުތައް (ރާޅު ޖަހާއަޑު، ދޫނިގޮވާ އަޑު، ވައިޖެހޭ އަޑުފަދަ) ރެކޯރޑް ކޮށްގެން ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން ހުށަހަޅާ ރިކޯރޑިންގައި އަދި ރިކޯޑް ކުރުމަށް ފަހުގައިވެސް މަދަޙަ ކިޔުންތެރިޔާގެ ރިކޯޑިންގް އަށް (އިކޯ އަދި ރިވާބް) ފިޔަވާ އިތުރު އެއްވެސް އެޑިޓެއް ގެނެސްފިނަމަ އަސްލާއި ޚިލާފު ހުށަހެޅުމެއް ކަމަށް ނިންމާ މުބާރާތުން އެ މަދަޙައެއް ޑިސްކޮލިފައިކުރެވޭނެއެވެ.
"މާލެ އޮޕްޓިކަލް ހުވަދޫ މަދަޙަ ޗެލެންޖް 1444" ގައި ވަނަތައް ހޮވާނީ އިންސާފު ކުރުމަށް ކަނޑައެޅިފައިވާ 3 ފަނޑިޔާރުންގެ މާކުސްގެ %75 ގެ އިތުރުން ފޭސްބުކް އިން ޙިއްސާ ކުރެވިފައިވާ އެ ވީޑިއޯ އަކަށް ލިބޭ ރިއެކްޓްގެ %25 ހިމަނައިގެންނެވެ.
މަދަހަ މުބާރާތުގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ފޮނުވަން ޖެހޭ ވީޑިއޯ އާއި މަޢުލޫމާތު (ނަން، އެޑްރެސް، ރަށް، އައިޑީ ކާޑު ނަންބަރ، އުމުރު، ފޯނު ނަންބަރު) ފޮނުވުމުންނެވެ.
ހުވަދޫ މަދަޙަ ޗެލެންޖް 1444 އާއި ބޭހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 9111164 ނުވަތަ 9195071 އަށް ގުޅުއްވުން އެދެމެވެ.
މުބާރާތުގެ : ހުވަދޫ މަދަޙަ ޗެލެންޖް 1444 ގެ ޤަވާއިދު
މަދަޙަ ފޮނުވުމަށް ލިންކް : (ފިއްތާލާ) ނުވަތަ ޓެލެގްރާމް ނަންބަރު : 9334888

