ހުޅަނގު ބެންގާލްގެ ނޯތު 24 ޕަރަގަނާ ޑިސްޓްރިކްޓްގެ ބޮންގައޯންގައި ޒުވާން އަންހެނަކު ރޯކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޮންގައޯންގެ ރާމްކްރިންޝާ ޕައްލީއަށް ނިސްބަތްވާ އެ އަންހެން މީހާ އެނބުރި ގެއަށް ގޮސް ސްކޫޓީގައި އުޅެނިކޮށެވެ.
ފުލުހުންގެ ރިޕޯޓުގައި ވާގޮތުން އުޖަލް ދާސް، ރަޖީވް ގޯޝް، އަދި ރާޖޭޝް ގޯޝް ނަމަކަށް ކިޔާ ތިން މީހުން ވަނީ އެ ޒުވާން އަންހެން މީހާއަށް ހަމަލާދީ، އެ އަންހެން މީހާ ދިރިހުއްޓާ އަންދާލަން މަސައްކަތް ކޮށްފައެވެ. އެގޮތުން އެ އަންހެން މީހާ ރޯކޮށްލުމަށް އެނާގެ ގަޔަށް ތެޔޮ އަޅާފަ އެވެ.
އާދީއްތަ ދުވަހުގެ ރޭ އެ ތިން މީހުން އޭނާގެ މަގު ބަންދުކޮށް އަންދާލަން މަސައްކަތް ކޮށްފައިވާ އިރު، ޕްރައިވެޓް ޓިއުޝަނަށް ދިޔަ ގެއެއްގެ މީހެއްގެ ފަރާތުން އޭނާއަށް ކުރިމަތިވި ފުރައްސާރައިގެ ވާހަކަ މީގެ ކުރިން ވެސް އެ އަންހެން ކުއްޖާ ވަނީ އާއިލާއަށް އަންގާފަ އެވެ.
އަންހެން މީހާގެ ޝަކުވާއާ ގުޅިގެން ފުލުހުން ވަނީ އެ ތިން މީހުން ހައްޔަރުކޮށް، އެ ތިން މީހުން ހޯމަ ދުވަހު ބަންގައޯން ސަބް ޑިވިޝަނަލް ކޯޓަށް ފޮނުވައިފަ އެވެ.
މި ހާދިސާއާ ގުޅިގެން ބިރުން ހުރި އަންހެން މީހާ ވަނީ ދައުވާ ލިބޭ މީހާއަށް ނަމޫނާ އަދަބު ދިނުމަށް އެދިފަ އެވެ.

