ދާދި ފަހުން ހިތްދަތިކަމުގެ (ހާރޓްބްރޭކް)ގެ ޝިކާރައަކަށްވެފައިވާ ނަމަ، ތިމާއަށް ކުރިމަތިވާ ވޭނަކީ ހަމައެކަނި ނަފްސާނީ ކަމެއް ނޫނެވެ. އޭގެ ތެރޭގައި ނޭނގޭ އަދި ހީވެސް ނުކުރާހާ އެތައްކަމެއް ހިމެނޭ ކަމަށެވެ.
ލައިވް ސައިންސް އިން ބުނި ގޮތުގައި ލޯބީގެ ގޮތުން ގުޅިގެން އުޅުމަކީ އާންމުގޮތެއްގައި ހަށިގަނޑަށް ހޯމޯންތައް ގިނަވުން ކަމަށާއި އޭގެ ސަބަބުން ހަށިގަނޑަށް އުދަނގޫވެ އުފާވެރިކަން އިހުސާސްވާ ކަމަށާއި އޭގެ ސަބަބުން އުފެދޭ “ކަޑްލް” ހޯމޯން އޮކްސިޓޮސިން އާއި “ފީލް ގުޑް” ހޯމޯން ޑޮޕަމައިން ގެ ސަބަބުން އުފެދޭ ކަމަށެވެ.
ނަމަވެސް ބްރޭކްއަޕެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވާ ހިނދު، ކޯޓިސޯލް، އެޑްރެނަލިން އަދި ނޯރެޑްރެނަލިން ފަދަ ސްޓްރެސް ހޯމޯންތަކުގެ ސަބަބުން އުފެދޭ ނޭދެވޭ އިހުސާސްތައް އެމީހުންގެ މައްޗަށް ގަދަވެއެވެ.
ޓަކޮޓްސުބޯ ކާޑިއޯމަޔޯޕެތީ ނަމަކަށް ކިޔާ ބައްޔެއް ނުވަތަ ބްރޯކެން ހާޓް ސިންޑްރޯމް ގެ ނަމުން ނަމަ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރަށް ބޮޑަށް ސްޓްރެސްވުމުގެ ސަބަބުން ބުރަކަށީގައި ކުޑަކޮށް ރިއްސާކަން އިހުސާސް ކުރެވޭތަން ފެނެއެވެ. ވަރަށް މަދު ހާލަތްތަކުގައި ބްރޯކެން ހާޓް ސިންޑްރޯމް އަކީ ވޭން ދެމިއޮންނަ ސިއްހީ ހާލަތަކަށް ވެގެންދެއެވެ.
ޓަކޮޓްސުބޯ ކާޑިއޯމަޔޯޕެތީ ނުވަތަ ބްރޯކަން ހާޓް ސިންޑްރޯމް އަކީ ކޮބައި ހެއްޔެވެ؟
ޓަކޮޓްސުބޯ ކާޑިއޯމަޔޯޕެތީ ނުވަތަ ބްރޯކެން ހާޓް ސިންޑްރޯމް އަކީ ސްޓްރެސް ނުވަތަ އެކްސްޓްރީމް ކޮންޑިޝަންގެ ސަބަބުން ދިމާވާ ހިތުގެ ބައްޔެކެވެ. މިއީ ހިތުން ލޭ ޕަމްޕްކުރާ ގޮތަށް ބަދަލުތަކެއް އަންނަ ވަގުތީ ހާލަތެކެވެ. ބައެއް ފަހަރު ގަދައަށް ޕަމްޕްކުރުމުން ބުރަކަށީގައި ކުޑަކޮށް ރިއްސަން މެދުވެރިވެއެވެ.
ހާވާޑް މެޑިކަލް ސްކޫލް (އެޗްއެމްއެސް) އިން ބުނި ގޮތުގައި މި ހާލަތު ދިމާވަނީ ހިތުގެ މައި ޕަންޕިން ޗެމްބަރު ކަމަށްވާ ވާތު ވެންޓްރިކަލް ބަލިކަށިވެ، ލޯބިވާ މީހަކު ގެއްލުމާއި، ސީރިއަސް އެކްސިޑެންޓެއް ނުވަތަ ބިންހެލުމެއް ފަދަ ގުދުރަތީ ކާރިސާއަކަށް ފަހު ނަފްސާނީ ގޮތުން ސްޓްރެސް ވުން ފަދަ ހާލަތްތަކުގެ ސަބަބުންނެވެ.
ބްރޯކެން ހާޓް ސިންޑްރޯމްގެ އަލާމާތްތައް ފުރަތަމަ މަރުހަލާގެ ހާޓް އެޓޭކެއްގެ އަލާމާތްތައް ނަކަލުކުރި ނަމަވެސް ވާތު ހާޓް ކެތެޓަރައިޒޭޝަން ނުވަތަ ކޮރޯނަރީ އެންޖިއޯގްރާމަކުން އެކަން ދެނެގަނެވިދާނެ އެވެ. މައިގަނޑު އަލާމާތްތަކަކީ ބުރަކަށީގައި ރިއްސުމާއި ނޭވާލާން އުނދަގޫވުމެވެ.
ބްރޯކެން ހާޓް ސިންޑްރޯމްއަށް ސްޓޭންޑަޑް ޓްރީޓްމަންޓެއް ނެތް ނަމަވެސް އެއީ އަލާމާތްތަކުގެ ސީރިއަސްކަމުގެ މައްޗަށް ބަރޯސާވާ ކަމެކެވެ. އެޗްއެމްއެސް އިން ބުނި ގޮތުގައި މިއީ ކުރު މުއްދަތެއްގެ ހާލަތަކަށް ވާތީ، އެކަމަށް ބޭނުންވާނީ ޑައިޔުރެޓިކްސް ނުވަތަ އެސްޕިރިން އެކަންޏެވެ.

