ގދ.ތިނަދޫގައި އާ ސްވިމިންގ ޓްރެކެއް އެޅުމުގެ މަސައްކަތް މިހާތު ކުރަމުން އަންނަ ކަމަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނާސިޚް ވިދާޅުވެއްޖެއެވެ.
ތިނަދޫގައި މިހާރު އޮންނަ ސްވިމިންގ ޓްރެކަކީ އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރެވޭވަރަށް ވުރެ ބޮޑަށް ގެއްލުންވެފައިވާ ޓްރެކަކަށް ވުމާއިއެކު، ތިނަދޫގައި އާއ ސްވިމިންގ ޓްރެކެއް އެޅުމަށް ތިނަދޫގެ ގިނަބަޔަކު ދަނީ އެދެމުންނެވެ.
ރާއްޖޭގެ ރަށެއްގައި އެންމެ ފުރަތަމަ ހުޅުވި ހޭންޑްބޯލް ކޯޓު ގދ.ތިނަދޫގައި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާސިޚް ވިދާޅުވީ ތިނަދޫގައި އާ ސްވިމިންގ ޓްރެކެއް އެޅުމުގެ މަސައްކަތް ސްވިމިންގ އެސޯސިއޭޝާނާއި މި ކުއާޓަރގައި ހަވާލުކުރެވިގެން ދާނެ ކަމަށެވެ.
ޔޫތް މިނިސްޓްރީ ފާހަގަ ވެފައި އޮންނަނީ މިހާރު ރާއްޖޭގައި އެންމެ ގިނަ ޕްރޮޖެކްޓް ހިންގާ މިނިސްޓްރީގެ ގޮތުގައިއެވެ. އަދި ރާއްޖޭގެ ތާރީޚުގައި ވެސް ކުޅިވަރަށް ހޭދަ ކޮށްފައި ނުވާ މިންވަރަށް މި ސަރުކާރުން ކުޅިވަރު ކުރިއެރުވުމަށް ހޭދަ ކޮށް މަސައްކަތް ކޮށްފައިވާ ކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފުވެސް ވަނީ ވިދާޅުވެފައެވެ.

