ތިބާގެ އެކުވެރިޔާއަކީ ހަމައެކަނި ދުނިޔެ ހޯދަން މަސައްކަތްކުރާ މީހެއްް ކަމުގައި ވަނީނަމަ އަވަހަށް އެމީހަކާ ގުޅުންކަނޑާލާށެވެ. ޔަޤީނުންވެސް އެމީހަކީ މަގުފުރެދިގެންވާ މީހެކެވެ. އެނާ އެކުގައި އުޅޭނަމަ ތިބާވެސް މަގުފުރެދިގެން ހިނގައިދާނެއެވެ. ހެޔޮލަފާ ޞާލިޙު އެކުވެރިއެއް ނަމަ މަސައްކަތް ކުރާނީ ދުނިޔެއާއިއާޚިރަތް ހޯދުމަށެވެ. އޭނާ ހަމައެކަނި ދުނިޔެ ހޯދާކަން މަސައްކަތެއް ނުކުރާނެއެވެ.
ޞާލިޙު ރަޙުމަތްތެރިއެއްގެ މިސާލަކީ ގޮމަކަސްތޫރިއެއް ހިފައިގެން އުޅޭ މީހެއްގެ މިސާލެވެ. ނުބައި ރަޙުމަތްތެރިއެއްގެ މިސާލަކީ ގުންބާ އަކަށް ފުމޭ މީހެއްގެމިސާލެވެ. ގޮމަކަސްތޫރިއެއް ހިފައިގެން ހުންނަމީހާ ކިބަ އިން ދުވާނީ މީރުވަހެވެ. އޭނާ ކިބައިން ހަދިޔާއަކަށްވެސް ގޮމަކަސްތޫރި ލިބިދާނެއެވެ. އެހެން ނޫނީއޭނާ ކައިރިން ގޮމަކަސްތޫރި ގަންނަންވެސް ލިބިދާނެވެ.
އެކަމަކު ނުބައި ރަޙްމަތްތެރިއެއްގެ މިސާލަކީ ގުންބާއަކަށް ފުމޭ މީހެއްގެ މިސާލެވެ. އޭނާ ކައިރިއަށް ގޮސްފިނަމަ ތިބާއަށް ދުވާނީ ނުބައި ވަހެވެ. އޭނާ ކައިރީގައިއުޅޭނަމަ ތިބާގެ ފޭރާމާއި ހަށިގަނޑު ގައިވެސް ދުވާނީ އެވަހެވެ. އަދި ބުރައިގެންދާ އަލިފާން ކަންޏަކުން ޖެހި ތިބާގެ ހެނދުން ވެސް އަނދައިދާނެވެ.
ނުބައި ރަޙްމަތްތެރިންގެކިބައިން ކުރާނީ ނޭދެވޭ ނުބައި އަސަރުތަކެވެ. ރަނގަޅު ރަޙްމަތްތެރިންގެކިބައިން ކުރާނީ ހެޔޮ ރަނގަޅު އަސަރުތަކެވެ. ނުރަނގަޅު މީހުންނާއި އެކުގައި އުޅުމަށްވުރެން އެކަނި އުޅެންވެސް މާ ހެޔޮކަން ބޮޑެވެ. ތިބާ ތިޔައީ އެކަނި ވެރިއެއް ކަމަށް ނުދެކޭށެވެ. އަބަދުވެސް ތިބާއެކުގައި ﷲ ވޮޑިގެންވެއެވެ.

