މި އަހަރުގެ ޖޫން 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ހުޅުވާލި 10 ރަށުގެ ތެރެއިން ށ. މާއުނގޫދޫ، ރ. މީދޫ އާއި ގދ. ވާދޫ ކޮމިޓީގެ މެންބަރުކަން އިންތިޙާބަކާނުލާ ޕީޕީއެމް ކާމިޔާބުކޮށްފިއެވެ.
ށ. މާއުނގޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވިފައިވަނީ ގަހާ ށ. މާއުނގޫދޫ ޢާއިޝަތު ޙަނީފާ އެވެ.
އަދި ރ. މީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވިފައިވަނީ ފޭރުމާގެ ރ. މީދޫ ވަސީމާ އިބްރާހީމެވެ.
ގދ. ވާދޫ ހޮވުނީ ލިއުޝާ އިބްރާހީމް އެވެ.
މި ތިން ރަށުގެ ބައި- އެލެކްޝަން ޕީޕީއެމް އަށް ކާމިޔާބު ކުރެވުނީ ވާދަކުރާނެ އެހެން ކެނޑިޑޭޓަކު ގދ. ވާދޫގައި ނެތުމުން
ބައި-އިލެކްޝަނަށް ހުޅުވާލި 10 ރަށުގެ ތެރެއިން 6 ރަށެއްގެ ކޮމިޓީއަށް ޕީޕީއެމްގެ ކެނޑިޑޭޓުން ވާދަކުރި ނަމަވެސް، ފ. ބިލެތްދޫއަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައިނުވޭ.
6 ރަށުގެ ބައި-އިލެކްޝަންގައި ވާދަކުރާ ޕީޕީއެމްގެ ކެނޑިޑޭޓުނަކީ؛
ހދ. ފިނޭ – ޒުހުދާ މުޙައްމަދު (ވާވެލާވެލި) ކެންޑިޑޭޓް ނަންބަރު 2،
މ. ވޭވަށް – ޝިފާޒާ އިބްރާހީމް (ސޯސަންވިލާ) ކެންޑިޑޭޓް ނަންބަރު 2،
ކ. ދިއްފުށި – އާއިޝަތު ސާހިރާ (ހަނދުވަރީގެ) ކެންޑިޑޭޓް ނަންބަރު 1،
ތ. ގާދިއްފުށި – ނިހާމާ ޢަބްދުﷲ (ހުދުފިނިފެންމާގެ) ކެންޑިޑޭޓް ނަންބަރު 2، ގދ.ހޯނޑެއްދޫ – ނަޒުރާނާ ޙުސައިންމަނިކު (ސަޓާ) ކެންޑިޑޭޓް ނަންބަރު 1،
ލ. މާމެންދޫ – ސަޢުދިއްޔާ ޙުސައިން (ދެކުނުގެ) ކެންޑިޑޭޓް ނަންބަރު

