ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގދ ތިނަދޫ މޮނީޓަރިންގ ހާލަތަށް ގެންދިއުމާއި އެކު 3 މަސް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ތިނަދޫ ކޮމިއުނިޓީ ސެންޓަރު މިއަދު ހުޅުވާނެކަމަށް ތިނަދޫ ކައުނަސިލުން ވިދާޅުވެއްޖެއެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވީ މިއަދުން ފެށިގެން ކޮމިއުނިޓީ ސެންޓަރުގެ ޖިމާއި ބެޑްމިންޓަން ކޯޓްގެ އިތުރުން އިންޑޯ ގޭމް ހޯލު ބޭނުން ކުރެވޭނެ ކަމަށާއި އަލުން ހުޅުވާއިރު ކުރިން ހުޅުވަމުން ދިޔަ ގަޑިތަކަށް ބަދަލު އައިސްފައި ނުވާކަމަށެވެ.
ރައީސް ސައުދު އިތުރަށް ވިޔަފާރި ތިނަދޫ މޮނީޓަރިންގ އިން ނެގުމަށްފަހު ކޮމިއުނިޓީ ސެންޓަރު ނުހުޅުވި ލަސްވީ އެތަނުގެ ތެރޭގައި ކުރަންޖެހުނު މުހިންމު ކަންތައް ތަކެއް ނުނިމި ލަސްވެގެންކަމަށެވެ.
ތިނަދޫ ގައި ސަރުކާރުން ޢިމާރާތް ކޮށް ދީފައިވާ ކޮމިއުނިޓީ ސެންޓަރަކީ ގިނަ އިންޑޯ ކުޅިވަރު ތަކާއި އިދާރީ އޮފީސް ހިނގޭ ގޮތަށް ހަދާފައިވާ ތަނެކެވެ. އަދި އެތަނަކީ ރެސްޓޯރެންޓާއި ކުލީ ފިހާރަ ތަކާއި ކްލަބް ޖަމްޢިއްޔާގެ އޮފީސް ތައްވެސް ހިންގޭ ގޮތަށް ފަރުމާ ކޮށްފައިވާ ތަނެކެވެ.

