"ލޯބި ވެވިއްޖެ" މިއީ މިހާރު ރާއްޖޭގައި އެންމެ ހިގާ އެއްބަސް ކަމުގައި ދެންނެވުން އެއީ ދޮގަކަށް ނުވާނެއެވެ. ސޯޝަލް މީޑިއާ އާއި ނޫސް ތަކުގައި މިއީ ވަރަށް އާންމު ނަމެކެވެ.
"ލޯބި ވެވިއްޖެ" ދިވެހި ބަހެއްގެ ގޮތުގައި އާންމު ކޮށް ބޭނުން ކުރިޔަސް މި ފަހަކަށް އައިސް މާ ބޮޑަށް"ވައިރަލް" ވާން ފެށީ ސެޓަރން ސުޓޫޑިއޯ އިން އުފައްދަން ފެށި ދިވެހި ފިލްމް "ލޯބި ވެވިއްޖެ" ހިސާބުންނެވެ. މަޝްހޫރު އެކްޓްަރ ޑައިރެކްޓަރ ޢަލީ ސީޒަން ޑައިރެކްޓް ކުރާ ތަފާތު މޮޅު ފިލްމެއް ވުޖޫދަށް އަންނަ ވާހަކަ އާއި އޭގެ ޝޫޓިންގް ތައް މީސް މީޑިއާ ގައި ދައުރުވާން ފެށި ހިސާބުންނެވެ. އޮލިމްޕަސް ތިއޭޓަރުގައި ފިލްމެއް އަޅުވާނުލާ ގިނަ ދުވަސް ވެފައި ވަނިކޮށް "ލޯބި ވެވިއްޖެ" އުފައްދަން ފެށި ހިސާބުންނެވެ.

"ލޯބިވެވިއްޖެ " ފިލްމުގެ ޕޯސްޓަރ
އޮލިމްޕަސް އާ ކުރުމުގެ މަސައްކަތާއި ކޮވިޑް-19 ގެ ލޮކްޑައުން ތެރޭގައި "ލޯބި ވެވިއްޖެ" ގެ މަސައްކަތަށް ހުރަސް އެޅުނު ކަމުގައި ވިޔަސް، މަޝްހޫރު އަދި ކުޅަދާނަ ފިލްމީ ތަރިން މި ފިލްމުގައި އިސް ރޯލެއް އަދާ ކުރާ ކަން އެނގުމުން "ލޯބި ވެވިއްޖެ" ބެލުމަށް އާންމުން ކުރަން ފެށި އިންތިޒާރާ ޝައުގުވެރިކަން ބޮޑުވިކަން ފާހަގަ ކުރެވުނެވެ. ޚާއްޞަ ކޮށް ސީޒަން ، އައްޒަ ، ދޮން އައްޔަ ، ޝިފާ އަދި ރިޝްފާ ގެ އިތުރުން ނިމާލް މި ފިލްމުގެ މުހިއްމު ތަރިން ކަމުގައި ވުމުން "ލޯބި ވެވިއްޖެ" އަށް މާބޮޑަށްވެސް ފެންބޮވައިގެންފައި ވާކަން ސޯޝަލް މީޑިއާއަށް ބަލާލުމުން ދޭހަވެއެވެ.

"ލޯބިވެވިއްޖެ ‘ ފިލްމުގެ ޕޯސްޓަރ
ރާއްޖޭގެ މަޝްހޫރު ގިނަ ތަރިންނާއި ފަންނާނުން އިތުރުން "ލޯބި ވެވިއްޖެ" ފިލްމުގައި ގދ ތިނަދޫ ގެ ގިނަ ފަންނާނުން އުޅޭ ކަމީ "ލޯބި ވެވިއްޖެ" މި ނަން ދުލު ކުރިއަށް އައިސްފައިވާ އެއް ސިއްރެވެ. އޭގެ ތެރޭގައި މަޝްހޫރު ޓިކްޓޮކް އެކްޓަރ ނައުފަލް އާއި އޭނާ އިސްކޮށް ޙަރަކާތްތެރިވާ ސުޓޫޑިއޯ 33 ގެ ގިނަ ފަންނާނުންނާއި މީގެ ކުރިން ވެސް ފިލްމު ތަކުން ޖާގަ ލިބިފައިވާ ފަރާތްތައް ފާހަގަކޮށްލެވެއެވެ.

"ލޯބިވެވިއްޖެ ‘ ފިލްމުގެ ޝޫޓިންގައި
މާލެ ،ލަންކާ އަދި ތިނަދޫގެ އިތުރުން ގދ މަޑަވެލީ ހޯނޑެއްދޫ ގެ ހިތްގައިމު މަންޒަރު ތަކުގައި ކުޅެފައިވާ "ލޯބި ވެވިއްޖެ" މިހާރު މިވަނީ ރިލީޒް ކުރުމުގެ ފަހު މަރުޙަލާ ގައެވެ. އަންނަ މޭ މަހުގެ 3 ގައި އޮލިމްޕަސް ގައި އެޅުވުމަށް ފަހު ރާއްޖޭގެ އުތުރުން ދެކުނަށް "ލޯބި ވެވިއްޖެ" އަޑާއި މަންޒަރު އޭގެ އެންމެ ފުރަތަމަ ކަމާއި އެކު ސްކްރީން ތަކަށް ފެނިގެންދާނެ އެވެ.

"ލޯބިވެވިއްޖެ ‘ ފިލްމުގެ ޝޫޓިންގައި
ރާއްޖޭގެ ޢިލްމީ ދާއިރާ އަށް ބޮޑު ބަދަލެއް ގެނުވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ "ލޯބި ވެވިއްޖެ" މިހާރު މިވަނީ ބެލުންތެރިންންއި ހަމަޔަށް އަންނަން 3 ދުވަހަށް ވެފައެވެ. ރާއްޖޭގެ ބޮޑެތި ރަށް ތަކުގައި ބޮޑު ސްކްރީންގައި ދައްކާ އިރު 60 އަށް ވުރެ ރަށުގައި ފިލްމު ޑިސްޓްރިބިއުޓް ކޮށް ދައްކާނެއެވެ. އެހެންކަމުން މި ފިލްމު ވެގެން ދާނީ ރާއްޖޭގެ އުތުރުން ދެކުނަށް އެންމެ ގިނަ ބަޔަކު އެބައެއްގެ ރަށުގައި ތިބެގެން އެއްފަހަރާ ބޮޑު ސްކްރީނަށް ފިލްމެއް އެއް ވަޤުތު ގައި ބަލާނެ ފިލްމަށެވެ.
ދިވެހި ފިލްމް "ލޯބިވެވިއްޖެ" އަކީ 2020 ވަނަ އަހަރު ޑިސެމްބަރު 24 ވަނަ ދުވަހު ގދ. ތިނަދޫގައި ޝޫޓީންގ ފެށި ފިލްމެކެވެ. ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ ގދ.ތިނަދޫ، މާލެ ސިޓީ ގެ އިތުން ސްރީލަންކާގެ ކޮލަމްބޯ އާއި ނުއަރަލިޔާ ގައެވެ.

"ލޯބިވެވިއްޖެ " ފިލްމުގެ ޝޫޓިންގައި
މި ފިލްމުގެ މައިގަނޑު ކާސްޓުންގެ ގޮތުގައި ފިލްމްގެ ޑައިރެކްޓަރ ޢަލީ ސީޒަންގެ އިތުރުން މަރިޔަމް ޢައްޒަ، އާމިނަތު ރިޝްފާ، އަޙުމަދު ޢީސަ (އާނަންދު)، ޢަލީ ޢާޒިމް (ދޮން އައްޔަ)، އަޙްމަދު ނިމާލް، ޢަބްދުﷲ ޝާފިޢު (ފުބޫ)، އާމިނަތު ނިޝާ (ނިޝްކޮ)، އިރުފާނާ އިބްރާހީމް (އެރޫ) ހަރަކާތްތެރިވެފައިވެއެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ އަޙްމަދު ޒަރީރުއެވެ. ފިލްމު ކެމެރާ ކޮށްފައިވަނީ އިބްރާހީމް މޫސާ (ދަބަ) އެވެ. ލޯބިވެވިއްޖެ ފިލްމަށް ބެކް މިއުޒިކް ތައްޔާރުކޮށްފައިވަނީ ކުރިއަރަމުން އަންނަ ޒުވާން މިއުޒިޝަން ފަތުހުﷲ ޝަކީލް ޙުސައިން އެވެ.

"ލޯބިވެވިއްޖެ " ފިލްމުގެ ޝޫޓިންގައި
މި ފިލްމްގެ ޖުމްލަ 8 ލަވަ ހިމެނޭ އިރު އެ ހުރިހާ ލަވަތަކެއްވެސް މިހާރު ވަނީ އެސް ޕްރޮޑަކްޝަންސްގެ ސައުންޑްކްލައުޑް އަށް އަޕްލޯޑް ކޮށްފައެވެ. އަދި މި ރަމަޟާން މަހު ޓީވީއެމް އިން ގެނެސްދޭ "ލޯބިވެވިއްޖެ" ޕްރޮގްރާމުގައި ކޮންމެ ހަފްތާއެއްގައިވެސް ފިލްމްގެ ވީޑީއޯ ލަވައެއް ހިމަނާފައިވެއެވެ. ފިލްމްގެ ލަވަތައް ކިޔާދީފައިވަނީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، އިބްރާހިމް ޒައިދު ޢަލީ (ކުޑަ އިއްބެ)، މަރްޔަމް އަޝްފާ، ރާފިޔަތު ރަމީޒާ، ޙަސަން ޖަލާލް، މުމްތާޒު މޫސާ، މޯލްޑިވިއަން އައިޑަލްގެ ޖަޖުކަން ކޮށްފައިވާ އައްމަޑޭ އަދި އައިޑަލް އިން ވިދާލި މުއައްޒިންގެ އިތުރުން އަލީފް ޢަލީ އާއި ނަފްހާ ޢަލީ އެވެ.

"ލޯބިވެވިއްޖެ ‘ ފިލްމުގެ ޝޫޓިންގައި
އަންނަ މެއި 3 ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ހަމަ ޖެހިފައިވާ ދިވެހި ފިލްމް "ލޯބިވެވިއްޖެ" ޖެހިގެން އަންނަ މެއި މަހުގެ 4 ވަނަ ދުވަހު އައްޑޫ ސިޓީ، ތިނަދޫ އަދި ކުޅުދުއްފުށީގައި އަޅުވާ ގޮތަށް ނިންމައިފިއެވެ.

"ލޯބިވެވިއްޖެ ‘ ފިލްމުގެ ޝޫޓިންގައި
"ހުވަދޫ" އަށް މަޢުލޫމާތް ދެމުން ފިލްމްގެ ޕްރޮޑިއުސަރ ބުނެފައިވަނީ 3 މެއި ގައި މާލޭ އޮލިމްފަހުގައި ފިލްމް ރިލީޒް ކުރުމާއިއެކު އައްޑޫ ސިޓީ އާއި ތިނަދޫގެ އިތުރުން ކުޅުދުއްފުށީގައި ފިލްމް ރިލީޒް ކުރުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށާއި، އެކަމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާކަމަށެވެ. އެގޮތުން މިހާރު އެކަން ރަސްމީކޮށް އިޢުލާންކޮށް ސޯޝަލް މީޑިޔާގައި އިޝްތިހާރު ކުރަމުންދާ ކަމަށާއި، އެ ރަށްތަކުގައި ތިބި ބެލުންތެރީންގެ ފަރާތުން ވަރަށް ބޮޑު ސަޕޯރޓެއް ލިބެމުންދާ ކަމަށެވެ.
އައްޑޫ ސިޓީގެ، ހިތަދޫ އަދި މަރަދޫފޭދޫ ގައި ފިލްމްގެ ޝޯވްތައް އަޅުވަން ހަމަޖެހިފައިވާ އިރު ތިނަދޫ އަދި ކުޅުދުއްފުށީގައި އަޅުވާނީ ކިތަށް ޝޯވ ކަމެއް ނުނިންމާ ކަމަށާއި، ސަޕޯރޓް ލިބެމުންދާވަރަކުން ފިލްމްގެ ޝޯވ ތައް އިތުރު ކުރަމުން ގެންދާނޭ ކަމަށްވެސް ބުނެފައިވެއެވެ.

"ލޯބިވެވިއްޖެ " ފިލްމުގެ ޝޫޓިންގައި
މާލެ އެކޭ އެފަދައިން މި 3 ރަށުގައި ވެސް ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ޢީދު ދުވަހުގައި ކަމަށް ވީނަމަވެސް މިހާރުވެސް ހޮޓްލައިން ނަމްބަރު ތަކަށް ގުޅައިގެން ޓިކެޓް ބުކިންގް ހެއްދޭނެއެވެ. މާލެ ފިޔަވައި ހުރިހާ ރަށެއްގައި ވެސް ޓިކެޓް ވިއްކާ އަގަކީ -/100 ރުފިޔާއެވެ. އަދި މާލޭގައި ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ -/150 ރުފިޔާ އަށެވެ.
ހޮޓްލައިން ނަމްބަރުތައް:
މާލެ ސިޓީ: 7458800
އައްޑޫސިޓީ: 7741141
ތިނަދޫ: 7486545
ކުޅުދުއްފުށި ސިޓީ: 9972007.

