މީގެ 5 އަހަރު ކުރިން 2017 ގައި، ގދ ތިނަދޫ ގައި އުފެދުނު އައުޓްލޯޒް އަކީ ތިނަދޫ ގައި ހިނގަމުން އަންނަ ކުޅިވަރުގެ އެކިއެކި ހަރަކާތްތަކަށް ލިބިގެން ދިޔަ އިތުރު ހިތްވަރަކާއި ޖޯޝެކެވެ. ރަށުގެ އިޖްތިމާޢީ ރޫޙާ ދިރިގެން ދިޔަ ތަފާތު މޫވްމެންޓެކެވެ.
ޒުވާން ކުދިން ތަކެއް އެކުވެގެން އުފެއްދި އައުޓްލޯޒް ގެ ފަހުލަވާނުން ފުރަތަމަ ތައްޔާރުވީ ނޭމަރ ޖޭއާރ ކިޔާ މުބާރާތަކަށެވެ. އައުޓްލޯޒް ނަމުގައި 2 ޓީމު ބައިވެރިކޮށްގެން 2 ޓީމު ސެމީ ގައި ކުޅެ 1 ޓީމު ފައިނަލުގައި އުޅުނެވެ. މިއީ އައުޓްލޯޒް އަށް ލިބުނު ބޮޑު ކާމިޔާބީ އެކެވެ. ރަނގަޅު ފެށުމެކެވެ.

އެ މުބާރާތުން ލިބުނު ހިއްވަރާ އެކު ދެން އައުޓްލޯޒް ފައި ނެގީ ތިނަދޫ ގައި ބާއްވާ ކޮންމެ މުބާރާތެއްގައި ތިނަދޫ ގެ ޒުވާނުން ގޮވައިގެން ނުކުމެ ވާދަ ކުރުމަށެވެ. ޖޯޝަކީ އެމީހުންގެ ބެކަަޕެވެ. ހިއްވަރަކީ އެމީހުންގެ އެސެޓުއެވެ.

2018 ވަނަ އަހަރު ބޭއްވި ރެޑްބުލް 5 ވަނަ މުބާރާތުގެ ޗެމްޕިއަންކަން ލިބިގެން ދިޔުމަކީ އައުޓްލޯޒް އަށް ލިބުނު ފުރަތަމަ ބޮޑު ކާމިޔާބެވެ. ރެޑްބުލްގެ ތިނަދޫ ޗެމްޕިއަންސްގެ ގޮތުގައި މާލެ ރައުންޑަށް ކޮލި ފައިވިއެވެ. އެހިސާބުން އައުޓްލޯޒް ގެ ނަން ތިނަދޫ ގެ އުދަރެހުން އަލިގަދަ ތަރިއެއްހެން ދައްކާލިއެވެ. ގުރަހައިގެ ތަރި ފަދައިން ވިދަން ފެށިއެވެ.

އައުޓްލޯޒް ހޯދާފައިވާ ބައެއް ކާމިޔާބީތައް
- - 2018 ވަނަ އަހަރު ތިނަދޫ ގައި ބޭއްވި އެފްއެސްއެމް ތިނަދޫ ޔޫތު ފުޓްބޯލް ކަޕް ގައި އެފްސީ ރެޑްބެރީލް ނަމުގައި އައުޓްލޯޒް ގެ މެނޭޖްމެންޓުން ވަނީ ޓީމެއް ވާދަކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ކަން ހޯދައި މުބާރާތުގެ ގަދަ 5 ގައި 2 ކުޅުންތެރިން ހިމެނުން.
- - 2019 ވަނަ އަހަރު ހުވަދޫ ރެކްރިއޭޝަން އިން ތިނަދޫ ގައި ބޭއްވި ފުޓްސަލް ކަޕް ގައި ޑެސްޕަރާޑޯ ނަމުގައި އައުޓްލޯޒް ގެ މެނޭޖްމެންޓުން ވަނީ ޓީމެއް ކުޅެ ރަނގަޅު ކުޅުމެއް ދެއްކުން
- - 2020 ވަނަ އަހަރު ބޭއްވި ރެޑްބުލް ވިނިންގ ގެ ސެމީފައިނަލް ކުޅުން.
- ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީ އިން ތިނަދޫ ފުޓްބޯޅަ ކްލަބް އާއި ހަވާލު ކޮށްގެން ބޭއްވި ހިޔަލަ އަންހެން ހޭންޑްބޯޅަ މުބާރާތުގައި އައުޓްލޯޒް ކުއީން ނަމުގައި ޓީމެއް ބައިވެރިކޮށް މުބާރާތު ގެ 3 ވަނަ އަދި ފެއަރ ޕްލޭ. އެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި އަދި ކުއީން އޮފް ދަ ޓޯނަމެންޓު ހޯދި.
- - 2021 ވަނަ އަހަރު ގެ ފެބްރުއަރީ 20 ގައި މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބޭއްވި ހަވަރު އަންހެން ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލް ގައި ކުޅެ ގަދަ 5 ގައި އައުޓްލޯޒް ގެ ކުޅަދާނަ ކުޅުންތެރިން ހިމޭނުން.
- - 2022 ވަނަ އަހަރު އެޕްރީލް 10 ގައި ތިނަދޫ ގައި ބޭއްވި ގާފު ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން. އަދި އެ މުބާރާތުގެ ގަދަ 5 ގައި 2 ކުޅުންތެރިން ހިމެނުން.
- 2022 ވަނަ އަހަރު ހަވަރު ސްޕޯޓްސް ކްލަބުން ބޭއްވި އަންހެން ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާ ސެމީފައިނަލް ގައި ކުޅުން.
ތިނަދޫ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީއިން މިހާރު ކުރިއަށް ގެންދާ ހިޔަލަ ހޭންޑްބޯލް އަކީ މިހާރު ގިނަ ބައެއްގެ ނަޒަރު ހުއްޓާލައިގެން ތިބި އެއް މުބާރާތެވެ. މި މުބާރާތުފައި އައުޓްލޯޒް ބައިވެރި ކޮއްފައި ވަނީ ފިރިހެން ޓީމެކެވެ.
ހުވަދޫ މީޑިއާ ގެ މެއިން ސްޕޮންސަރ އާއި އެކު އައުޓްލޯޒް ގެ ޒުވާން ލަޝްކަރު ނުކުމެ ވަނީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗް ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ވަރުގަދަ އަތޮޅު ކައުންސިލް 4-1 ބަލިކޮށް މުބާރަތުގެ ފެށުން ރަނގަޅު ކޮށް ހަމަޖެހިލައިފައެވެ.
އިޖްތިމާޢީ ކަންކަމުގައި ވަރަށް އިސް ދައުރެއް އަދާ ކުރާ އަދި ގިނަ ބަޔަކު ދަންނަ ނައުފަލް ނަސީމު ގެ މޭސްތިރި ކަމުގެ ދަށުން ހިންގާ އައުޓްލޯޒްގެ މިފަހަރު ވެސް ޓާގެޓަކީ ސީދާ ތައްޓެވެ. ޗެމްޕިއަން ކަމެވެ.
ތިނަދޫ ގައި ނަން ވިދާ ފުޓުބޯޅަ ކުޅުންތެރިޔާ އަދި ކޯޗު އިބްރާހީމް އަޒްހަރު(ކައިންޑޭ) ގެ އިރުޝާދުގެ ދަށުން ނިންމުން ނިންމާ އިރު މުޅި ޓީމުގައިވެސް ތިބީ މޮޅު ކުޅުންތެރިންވެ.
"ހުވަދޫ" މީޑިއާ ގެ ޓީމުން އައުޓްލޯޒް އަށް ކާމިޔާބީ އަށް އެދެމެވެ.

