ވިލިނގިލިގެ ބަނދަރު މަރާމާތު ކުރަށްފެށިތާ 07 އަހަރަށްވުރެ ގިނަ ދުވަސް ހޭދަވެފައިވާ ކަމަށާއި، މަސައްކަތުތުގެ ސްޕީޑް ވަރަށްބޮޑަށް ލަސްކަމަށް ހުވަދު އަތޮޅު އުތުރުބުރީވިލިނގިލި ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުވަދުއަތޮޅުގެ އެންމެ ކާރޫބާރޫ ބޮޑު އެއްބަދަނރަކީ ގއ.ވިލިނގިލިގެ ބަނދަރު ކަމަށްވެފައިބަނދަރުގެ މަސައްކަތް ކުރަށްފެށިތާ 07 އަހަރަށްވުރެ ގިނަ ދުވަސް ހޭދަވެ ބަނދަރުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ.
މީގެ އިތުރުން މި ޕޯސްޓްގައި ބުނެފައިވަނީ މިސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮއްގެން ކުރިޔަށްގެންދަނީ މަދު މުވައްޒަފުންތަކަކާއިއެކު ކަމަށްވުމުން މަސައްކަތުތުގެ ސްޕީޑް ވަރަށްބޮޑަށް ލަސްކަމަށެވެ.
އަދި ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ މިމަސައްކަތް ހަލުއިކޮށް ވީއެންމެ އަވަހަކަށް މަސައްކަތް ނިމިގެންދިއުމަކީ އެ ކައުންސިލުން އިންތިހާއަށް އެދޭކަމެއް ކަމަށްވެސް އެޕޯސްޓްގައި ވަނީ ބުނެފައެވެ.
މިސަރުކާރުން ރަށްރަށުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ލަސްކަމަށް ގިނަ ބަޔަކު ގަބޫލު ކުރާއިރު، މަސައްކަތްތައް ލަސްވާ ސަބަބު ހޯދުމަށް މަޖިލީހުންވަނީ ވަޒީރުން ހާޒިރުކޮށްވެސް ސުވާލު ކުރައްވާފައެވެ.

