ނިމިދިޔަ ރަމަޟާން މަހު ހުވަދޫ މީޑިއާއިން ކުރިއަށް ގެންދިޔަ ހުވަދޫ ރޯދަ ކުއިޒް 1444 ބައި ހެޕީމާކެޓްގެ ނަސީބުވެރިން ހޮވުމުގެ ޤުރުއަތުލުން މިރޭ ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.
ހުވަދޫ މީޑިއާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރާ މި ޤުރުއަތުލުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މިރޭ 20:30 ގައެވެ. އަދި މިރޭގެ ޤުރުއަތުލުމުގައި މި ކުއިޒް އަށް އެންމެ ގިނަ ޖަވާބު ދިމާކުރެއްވި ފަރާތްތަކުގެ މެދުގައި 5 ފަރާތެއް ހޮވިގެން ދާނެއެވެ.
ހޭޕީމާކެޓް އިން މެއިން ސްޕޮންސާރ ކޮށްފައިވާ މި ކުއިޒްގައި 26 ސުވާލެއް ވަނީ އާންމުންނަށް ހުށަހަޅައިދީފައެވެ. އަދި މި 26 ސުވާލަށް 1902 ފަރާތަކުން ވަނީ 16 ހާހަށް ވުރެ ގިނަ ޖަވާބު ފޮނުވާފައެވެ. މީގެތެރެއިން 15 ހާހަށް ވުރެ ގިނަ ޖަވާބަކީ ރަނގަޅު ޖަވާބު ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.
އެގޮތުން ހުވަދޫ މީޑިއާގެ ޓެކްނިކަލް ޓީމުން ވަނީ ކަމާއި ގުޅުންހުރި ސޮފްޓްވެއަރތައް ބޭނުންކޮށްގެން އެންމެ ގިނަ ސުވާލުތަކަށް ރަނގަޅު ޖަވާބު ދިމާކުރެއްވި ބައިވެރިން ޝޯރޓްލިސްކޮށްފައެވެ. އެގޮތުން 20 ސުވާލަށް ވުރެ ގިނަ ސުވާލުތަކަށް ރަނގަޅު ޖަވާބު ދިމާކުރެއްވި 320 ބައިވެރިޔަކު މިހާރު ޝޯރޓްލިސްޓް ކުރެވިފައިވާއިރު، މިރޭގެ ގުރުއަތުލުން ކުރިއަށް ދާނީ ޝޯރޓްލިސްޓް ކުރެވުނު 320 ބައިވެރިންގެ މެދުގައެވެ.
މިރޭގެ ޤުރުއަތުލުމުން ހޮވޭ ނަސީބުވެރި 5 ފަރާތަކަށް އިނާމުގެ ގޮތުގައި މި ކުއިޒްގެ މެއިންސްޕޮންސާރ ހެޕީމާރކެޓްގެ ފަރާތުން ދޭ ޚާއްސަ ގިފްޓް ވައުޗަރ ލިބިގެން ދާނެއެވެ. އެގޮތުން މި ގިފްޓް ވައުޗަރ ތަކުގެ ބޭނުން ހެޕީމާކެޓްގެ ކޮންމެ އައުޓްލެޓަކުންވެސް ލިބިގެން ދާނެ ކަމަށް ހެޕީމާކެޓުން ބުނެއެވެ.
ނިމިދިޔަ ރަމަޟާން މަހު ހުވަދޫ މީޑިއާއިން ދީނީ ސުވާލުތަކުގެ ކުއިޒެއް ކުރިއަށް ގެންގޮސްފައިވާއިރު، އަންނަ ރަމަޟާން މަހުގައި ވެސް ހުވަދޫ ރޯދަ ކުއިޒްގެ ނަމުގައި ހުވަދޫ މީޑިއާއިން ސުވާލު މުބާރާތެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.

