ނިމިދިޔަ ރަމަޟާން މަހު ހުވަދޫ މީޑިއާއިން ކުރިއަށް ގެންދިޔަ ހުވަދޫ ރޯދަ ކުއިޒް 1444 ބައި ހެޕީމާކެޓްގެ ނަސީބުވެރިން ހޮވުމުގެ ޤުރުއަތުލުން މިރޭ ކުރިއަށްގެންގޮސްފިއެވެ.
ހުވަދޫ މީޑިއާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރި މި ޤުރުއަތުލުމުގައި ވަނީ ހުވަދޫ ރޯދަ ކުއިޒްގެ ނަސީބުވެރި 5 ބައިވެރިން ހޮވާފައެވެ.
ނަސީބުވެރި 5 ބައިވެރިން:
- އާމިނަތު އަހުމީމާ
- އައިޝަތު މުހައްމަދު
- އަބްދުﷲ ސޯދިޤް
- އައިޝަތު އަޢިޝަތު
- ޝިޒާ އަލީ
ނަސީބުވެރި 5 ފަރާތަކަށް އިނާމުގެ ގޮތުގައި މި ކުއިޒްގެ މެއިންސްޕޮންސާރ ހެޕީމާރކެޓްގެ ފަރާތުން ދޭ ޚާއްސަ ގިފްޓް ވައުޗަރ ލިބިގެން ދާނެއެވެ.

"ހުވަދޫ ރޯދަ ކުއިޒް 1444" ގެ ނަސީބުވެރި 5 ބައިވެރިން
މި ކުއިޒްގައި 26 ސުވާލެއް ވަނީ އާންމުންނަށް ވަނީ ދޫކޮށްލެވިފައެވެ. އަދި މި 26 ސުވާލަށް 1092 ފަރާތަކުން ވަނީ 16 ހާހަށް ވުރެ ގިނަ ޖަވާބު ވަނީ ފޮނުވާފައެވެ. މީގެތެރެއިން 15 ހާހަށް ވުރެ ގިނަ ޖަވާބަކީ ރަނގަޅު ޖަވާބު ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.
ހުވަދޫ މީޑިއާގެ ޓެކްނިކަލް ޓީމުން ވަނީ ކަމާއި ގުޅުންހުރި ސޮފްޓްވެއަރތައް ބޭނުންކޮށްގެން އެންމެ ގިނަ ސުވާލުތަކަށް ރަނގަޅު ޖަވާބު ދިމާކުރެއްވި ބައިވެރިން ޝޯރޓްލިސްކޮށްފައެވެ. އެގޮތުން 20 ސުވާލަށް ވުރެ ގިނަ ސުވާލުތަކަށް ރަނގަޅު ޖަވާބު ދިމާކޮށްފައިވަނީ 320 ބައިވެރިންނެވެ. އަދި މިރޭގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފައި ވަނީ ޝޯރޓްލިސްޓް ކުރެވުނު 320 ބައިވެރިންގެ މެދުގައެވެ.
ނިމިދިޔަ ރަމަޟާން މަހު ހުވަދޫ މީޑިއާއިން ދީނީ ސުވާލުތަކުގެ ކުއިޒެއް ކުރިއަށް ގެންގޮސްފައިވާއިރު، އަންނަ ރަމަޟާން މަހުގައި ވެސް ހުވަދޫ ރޯދަ ކުއިޒްގެ ނަމުގައި ހުވަދޫ މީޑިއާއިން ސުވާލު މުބާރާތެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ.

