ދިގުތިޔަރަ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައްދިގުތިޔަރަ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
ޑރ އަބްދުލް ޢަޒީޒު ޙަމީދު ، ހުވަދޫ މީޑިއާ 
ދިގުތިޔަރަ ފަތުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް
- ގަދީމީ ބޭސްވެރިކަމުގައި ދިގުތިޔަރަ ފަތުގެ ސައި ބަނޑުގެ ރިހުން ލުއިކުރުމަށް ޕެނަމާގައި ބޭނުންކޮށްފައި ވެއެވެ.
- ދިގުތިޔަރަ ފަތަކީ ބަނޑު ފަސޭހަކޮށްދޭ އެއްޗަކަށްވުމުން ބަނޑުހިކުމުން ރައްކާތެރިވެ ހުރުމަށް މިއީ ބޭނުންތެރި ފަތެކެވެ
- ގަދީމީ ބޭސްވެރިކަމުގައި އިންޑިޔާގައި އުކުޑިކޮށްޓުން ލުއިކުރުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
- ގަދީމީ ބޭސްވެރިކަމުގައި އެފްރިކާގެ ބައެއް ގައުމުތަކުގައި މޭގަނޑު ދުޅަވުމަށް ފަރުވާކުރުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
- ގަދީމީ ބޭސްވެރިކަމުގައި ޕެނަމާގައި ބަނޑުގައި އުފެދޭ ފަނި ބޭރުކުރުމަށް ދިގުތިޔަރަ ފަތް ދީފައި ވެއެވެ.
- ގަދީމީ ބޭސްވެރިކަމުގައި އިންޑިޔާގައި އަރިދަފުސް ރޯގާ، ވައިނޮޅީގެ ކަފި ދުޅަވުން، ހޯއްގޮވާ ކެއްސުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ކުރުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
- ގަދީމީ ބޭސްވެރިކަމުގައި އިންޑިޔާގައި ހުންތިރިކުރުމަށް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
- ގަދީމީ ބޭސްވެރި ކަމުގައި ކުޑަކަމުދާ ނިޒާމުގެ ތަފާތު ބަލިތަކަށް ފަރުވާ ކުރުމަށް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
- ގަދީމީ ބޭސްވެރިކަމުގައި މާބަނޑުވުމަށްފަހު ކުރިމަތިވާ ލޭމަދުވުން ރަގަޅުކޮށްދީ، ވަރުބަލިކަމާއި ވާޅުކަން ފިލުވައިލުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
- ގަދީމީ ބޭސްވެރިކަމުގައި ބްރެޒިލްގައި މައްސަރުގެ އުދަނގޫތައް ލުއިކުރުމަށް ވެސް ދިގުތިޔަރަ ފަތް ބޭނުންކޮށްފައި ވެއެވެ.
- ގަދީމީ ބޭސްވެރިކަމުގައި ހަމުގެ ތަފާތު މައްސަލަތަކަށް ފަރުވާ ކުރުމުގައި ދިގުތިޔަރަ ފަތުގެ ބޭނުންކޮށްފައި ވެއެވެ. އެގޮތުން ފަންގަސް، ޕެރަސައިޓް ފަދަ ޖަރާސީމުތަކުގެ ސަބަބުން ޖެހޭ ހަމުގެ ބަލިތަކަށް ފަރުވާކުރުމަށް ދިގުތިޔަރަ ފަތުގެ ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ދިގު ތިޔަރަ ފަތުގައި
- ބެކްޓީރިޔާ އަދި ފަންގަސް ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އެކުލެވިފައިވެއެވެ.
- ދުޅަތައް ތިރިކުރުމުގެ ބާރު އެކުލެވިފައިވެއެވެ.
- މޭގަނޑު ރައްކާތެރި ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
- މެލޭރިޔާއާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ބާރު އެކުލެވިފައި ވެއެވެ.
- ކެންސަރާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
- ދިފާއީ ނިޒާމު ރަގަޅުކޮށް ހަރުދަނާ ކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
- ހުންތިރިކުރުމުގެ ބާރު އެކުލެވިފައި ވެއެވެ.
- ތަދުކެނޑުވުމުގެ ބާރު އެކުލެވިފައި ވެއެވެ.