އިންޑިއާ (ޖޫން 2) – އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ އޮޑިޝާގައި މިދިޔަ ހުކުރު ދުވަހު، ދެ ރޭލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 238 މީހުން މަރުވެ 900 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
ސްޓޭޓްގެ ޗީފް ސެކްރެޓަރީ ޕްރަދީޕް ޖެނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އޮޑިޝާގެ ފަޔާ ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް ސުދާންޝޫ ސަރަންގީ ރޮއިޓާސްއަށް ވިދާޅުވީ މިހާތަނަށް 207 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނަ އެމްބިއުލާންސްތަކެއް ގޮސް ރޭލުތަކުން މީހުން ނެރެގެން ގެންދާ މަންޒްރު ފެނެއެވެ.
މަންޒަރު ދުށް މީހަކު ފޯނުން ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ ލޭ ބުރަބުރައިގެނމްދާ މަންޒަރާއި، މީހުން މަރުވަމުންދާ މަންޒަރު ފެންނަ ލޯ ކުރިމަތިން ފެނިފައިވާ ކަމަށެވެ.
ހޮސްޕިޓަލު ކައިރީ ޒުވާނުންވަނީ ލޭ ހަދިޔާ ކުރުމަށް އެތުރިފައެވެ.

