ސާބިޔާ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެ 18 މީހުން މަރުވެއްޖެއެވެ.
ދެ މާރާމާރީއެއްގައި 18 މީހުން މަރުވި ހާދިސާގެ ފަހަތުގައި ވަނީ ހަމަނުޖެހުން ހިންގުމުގެ ސަގާފަތެއް ކަމަށް ތުހުމަތުކޮށް އިންޓީރިއާ މިނިސްޓަރު އިސްތިއުފާ ދެއްވުމަށް މުޒާހަރާގެ ބައިވެރީން ވަނީ ގޮވާލާފައެވެ.
https://twitter.com/berniespofforth/status/1662833451786022913?s=46&t=YOMcM7x-FnT57_2QqFS_kQމި މުޒާހަރާއަކީ މެއި މަހުގެ 3 ވަނަ ދުވަހު އެގައުމުގެ ސްކޫލެއްގައި ހިނގި ފުރަތަމަ ބަޑީގެ ހަމަލާއަށް އެއް މަސް ފުރުން ފާހަގަކުރުމަށް ކުރި މުޒާހަރާއެކެވެ. މެއި މަހުގެ ހަތަރު ވަނަ ދުވަހު ހިނގި ދެވަނަ މާރާމާރީގައި ބެލްގްރޭޑްގެ ބޭރުގައި އޮންނަ އަވަށެއްގައި 21 އަހަރުގެ ފިރިހެނަކު ވަނީ އަށް މީހަކު މަރާލައިފަ އެވެ.
ޝޫޓިންތަކާ ގުޅިގެން ސަރުކާރުން ވަނީ ސްކޫލްތަކުގެ ޗުއްޓީ ތައް ފެށުމަށް ހަމަޖެހިފައި އޮތް ތާރީހަށް ވުރެ ދެ ހަފުތާ ކުރިން ޖޫން މަހުގެ ހަވަނަ ދުވަހު ފަށާނެ ކަމަށް ބުނެފަ އެވެ.
މަހެއްހާ ދުވަހުގެ ތެރޭގައި ފަސް ވަނަ މުޒާހަރާ އިންތިޒާމްކުރި އިދިކޮޅު ޕާޓީތަކުން ބުނަނީ ރައީސް އަލެކްސެންޑްރާ ވޫސިޗްގެ ސަރުކާރުން މީޑިއާގައި ހަމަނުޖެހުން ތައް ޕްރޮމޯޓްކޮށްފައި ކަމަށެވެ.
ދާދި ފަހުން ސާބިއާގެ ރިއަލިޓީ ޓީވީ ޝޯތަކުގައި ކުށްވެރިން މަރާލާފައިވާ މީހުން ހިމެނޭ އިރު، ފިރިހެނުން އަންހެނުންނަށް އަނިޔާކުރާ މަންޒަރު ވެސް ވަނީ ދައްކައިފަ އެވެ.

