މަންމަ އާއި ދައްތަ ރޭލުގައި ތިއްބެވެ. އެމީހުން ދިޔައީ ބޭސް ގަންނަން ސިޓީއަށެވެ.
އެކްސިޑެންޓް ހިނގިތާ އިރުކޮޅެއް ފަހުން އަހަރެންގެ ދައްތަ ފެނުނެވެ. ދިރިހުއްޓާ ފެނުމުން އަހަރެން އުފާވިއެވެ. އެކަމަކު މަންމަ ގެއްލުނީ އެވެ. އަހަންނަށް ހުރިހާ ދިމާލަކުން ވެސް މަންމަ ފެނެއެވެ. އެކަމަކު ގެއްލުނީއެވެ.
ހަދާނެ ގޮތެއް ނޭނގުމުން މަންމަގެ ފޮޓޯއެއް ހުރިހާ ރައްޓެހިންނަށާއި ދަންނަ މީހުންނަށް ފޯވާޑްކޮށްލީމެވެ. އަހަރެންގެ ނަންބަރު ވެސް ހިއްސާކޮށް އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރި ހެދުންތަކުގެ ކުލަ ކިޔައިދިނީމެވެ.
މިއަދު ހެނދުނު އަހަރެންގެ ރައްޓެއްސެއްގެ ފަރާތުން އަހަރެންނަށް ފޮނުވީ ހަށިގަނޑެއްގެ ފޮޓޯއެކެވެ. އެއީ އަހަރެންގެ މަންމައެވެ. އަހަންނަށް ފާހަގަ ކުރެވުނީ ލައިގެންހުރި ހެދުމުންނެވެ.
އަހަރެން މިހާރު ބޭނުންވަނީ މަންމަގެ ހަށިގަނޑު ސަލާމަތުން ގެއަށް ގެންގޮސް، އަހަރެން ހަމައަކަށް އެޅުމެވެ. އެކަމަކު މިތަނުގައި އެހާ ހަލަބޮލިކަން އެބައޮތެވެ. ރޭލުތަކެއް ނެތެވެ. ހުރިހާ މަގެއް ވެސް ވަނީ ޖެމްވެފައެވެ.
ހަލަބޮލިކަން އުފެދުނެވެ. ބާރު އަޑެއް އިވުމުން ވަށައިގެން ދުން އަރަމުން ދިޔައެވެ.
ހުރިހާ ދިމާލަކަށް މީހުން ދުވަމުން ދިޔައެވެ. ޓްރެކްތައް ކައިރީގައި ހުރެފައި އަހަރެން ނިންމީ އެތަނަށް ދާށެވެ. ތާށިވެފައި ތިބި ބައެއް ފަސިންޖަރުން ނެރެން ފެށީމެވެ. ސަލާމަތްވި ބައެއް މީހުން ނެރުމާއި، ބައެއް ހަށިތައް ވެސް ނެރުނެވެ.
ޒަހަމްވެފައިވާ އެހާ ގިނަ މީހުން ނެރޭނެ ގޮތެއް ނޭނގުނެވެ. ރެސްކިއު ވޯކަރުން އައުމުން ތަންކޮޅެއް ފަސޭހަވެގެން ދިޔައެވެ. މި މަސައްކަތް ރޭގަނޑު ތެރޭގައި ކުރިއަށް ދިޔައެވެ. އަހަރެން އަދިވެސް ހުރީ ހާސްކަމެއްގެ ތެރޭގައެވެ.

