ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޭސް ފިހާރަތަކުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައި ކަރުދާސް ކޮތަޅު ބޭނުން ކުރަން ފަށައިފިއެވެ.
މި ބަދަލު ގެނެވިފައި މި ވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މިހާރު ކަރުދާސް ކޮތަޅު ދޭގޮތަށް ބަދަލު ގެނައީ މާލޭގައި ހުރި އެސްޓީއޯ ބޭސް ފިހާރަތަކުގައި އެކަނި ނަމަވެސް ރަށްރަށުގައި ހުރި ފާމަސީތަކުގައިވެސް ވަރަށް އަވަހަށް ކަރުދާސް ކޮތަޅު ބޭނުން ކުރަން ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ފާރމަސީ ތަކުގައި ކަރުދާސް ކޮތަޅު ބޭނުން ކުރުުމަށް ނިންމާފައި މިވަނީ ޕްލާސްޓިކް މަދު ކުރުމަށް ހިންގޭ މަސައްކަތް ތަކަށް ބާރުދީ މިފަދަ ކަންތަކަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށް ވެސް އެސްޓީއޯ އިން ވަނީ ބުނެފައެވެ.

