ހަމުގެ އެލާޖީގެ ޢަލާމާތްތައް ކަމުގައިވާ ރަތްވުމާއި، ހިރުވުމާއި، ދުޅަވުން ފަދަ ޢަލާމާތްތަކަކީ އެއަށް ފަރުވާއެއް ނުދިނަސް ގިނަވެގެން ދެހަފުތާއެއްހާ ދުވަސްތެރޭގައި ފިލައިގެން ދާ ކަންކަމެވެ. އެފަދަ ޙާލަތެއް މެދުވެރިވެގެން ހޭދަވާ ދުވަސްތަކުގައި އެކަމަށް ފަރުވާކޮށް، ޢާއްމު ޙާލަތަކަށް ގެންދިއުމަށް ކުރެވިދާނެ މަސައްކަތްތަކެއް ހުރެއެވެ.
އެލާޖިކް ވެފައިވާ ތަނަށް ފަރުވާތެރިވުން
މިއީ ދެން ކޮންމެހެން ހަނދާން ކޮށްދޭން ޖެހޭ ކަމެއްހޭ މީހަކު ސުވާލު ކޮށްފާނެއެވެ. އެހެނަސް، އިތުބާރު ކުރައްވާށެވެ. މިއީ ފައިދާހުރި ހަނދާން ކޮށްދިނުމަކަށް ވެދާނެއެވެ. އެލާޖިކް ވެފައިވާ ތަނުގައި އަތްލުމާއި، އެތަނަށް ގޯހެއް ވެދާނެ ހުރިހާ ކަމަކުން ދުރުހެލިވާށެވެ.
ހޫނުން ރައްކާތެރިވުން
ފެންވަރާލުން ނުވަތަ ފިނި މާޙައުލެއްގައި ވަގުތު ހޭދަކޮށްލުމުން ވެސް ދިލަނަގައިފައި ހުންނަ ބިހިގަނޑެއްގެ ދިލަ މަޑުވެއެވެ. އެތަނެއް ދޮވެލާ މަޑުމަޑުން ހިއްކާލުމަށްފަހު މޮއިސްޗަރައިޒާ އެއް އުނގުޅާލާށެވެ.
ހަމުގެ ތެތްކަން އިތުރު ކުރުން
ކޮލައިޑަލް އޯޓްމީލް ފަދަ ހަމުގެ ތެތްކަން އިތުރުކޮށްދޭ އެއްޗެއް ތާފަނާ ފެންފޮދަކަށް އެއްކޮށްލާށެވެ. އަދި އެ ފެންފޮދުން އެލާޖިކް ވެފައިވާ ތަނަށް ތެތްކަން ލިބިދޭށެވެ. ދުޅަވަމުންދާ ތަނެއް މައިތިރި ކުރުމަށް، މިއީ ބައެއްފަރާތްތަކަށް، ވަރަށް އަވަސް ނަތީޖާއެއް ނެރެދޭ ފަރުވާއެކެވެ. އެހެނަސް މިއިން ގޯސްނަތީޖާއެއް ފެންނަ ފަރާތަތަކުން މިބޭނުން ކުރުމުން ދުރުހެލިވާށެވެ. ފެންފޮދުގެ ހޫނުކަން ގަދަވެއްޖެ ނަމަވެސް މިކަމުގެ ސަބަބުން ހަންގަނޑު އިތުރަށް ހިކުން އެކަށީގެންވެއެވެ.
ހިރުވުން މަޑުކޮށްދޭ ޒާތުގެ ކްރީމެއް ބޭނުންކުރުން
ކެލަމިން ލޯޝަން ފަދަ ހިރުވުމާއި ދިލަނެގުން ދުރުކޮށްދޭނޭ ކްރީމެއް ބޭނުން ކުރުމަކީ ވެސް އެލާޖިކް ވެފައިވާ ތަނަށް އަވަސް ފަރުވާއެއް ލިބިދިނުން އެކަށީގެންވާ ކަމެކެވެ.
އެލާޖިކް ވެފައިވާ ތަނަށް މިނިވަންކަން ދިނުން
ބާރު ހެދުން ލުމާއި ދާހިއްލުން އަދި ވައި ދައުރުވުމަށް ހުރަސް އެޅޭފަދަ ކަންކަމުން އެލާޖިކު ވެފައިވާ ތަނަށް މިނިވަންކަން ދެއްވާށެވެ. ނޫންނަމަ އެތަން އިތުރަށް ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ.
ހަމުގެ އެލާޖީގެ މައްސަލައަކީ އޭގެޒާތުގައި ރަނގަޅުވާނޭ ކަމެއް ނޫނެވެ. މަތީގައި މި ބަޔާންކުރެވުނު ފަދަ ކަންކަމުން އެލާޖިކް ވެފައިވާ ތަނަަކަށް ވަގުތީ ފަރުވާއެއް ލިބުނަސް، މިކަމުގައިވެސް އެންމެ ފުރިހަމަ ޙައްލެއް ހޯދޭނީ ޑޮކްޓަރެއްގެ ލަފާއާއި އެކުގައިކަން ހަނދާން ކުރައްވާށެވެ. ކުޑަކުޑަ އެލާޖިކް ރިއެކްޝަން އަކީ ނުރައްކާތެރި ބޮޑު ބައްޔެއްގެ އަލާމާތަކަށްވެސް ވެދާނެއެވެ.

