ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފްގެ ކައިވެންޏަށް އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ކައިވެންޏަށް ފަހު ޕްރޮމޯޓް ކުރަން ފިލްމެއް އޮންނަ ކޮންމެ ފަހަރަކު އެ ދެ މީހުންގެ ލޯބީގެ ވާހަކަ އާއި ގެވެށި ދިރިއުޅުމާ ބެހޭ ގޮތުން ސުވާލު ކުރުން ހުއްޓައެއް ނުލެވެއެވެ. އޭނާގެ އެންމެ ފަހުން ރިލީޒްކުރި “ޒާރާ ހަޓްކޭ ޒާރާ ބަޗްކޭ” ޕްރޮމޯޓް ކުރަމުން ވިކީ ބުނީ ކޮންމެ ހަފުތާއަކު ވެސް ކެޓްރީނާ ގޭތެރޭގެ މުވައްޒަފުންނާ އެކު ބައްދަލުވުމެއް ބާއްވައި ގޭގެ ހަރަދުތައް ބަލާ ކަމަށެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިކީ ބުނީ އެންމެ މަޖާ ތަޖުރިބާއަކީ ކެޓްރީނާ ކޮންމެ ހަފުތާއަކު ވެސް އެ ގޭގައި ބަޖެޓް ބައްދަލުވުމެއް ބާއްވާތީ ކަމަށެވެ. މުޅި ސްޓާފުން އެއްތަނަކަށް ގެނެސް، ގޭގެ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދައްކައެވެ. އެފައިސާ ޚަރަދުކުރާ ގޮތާއި ޚަރަދުތަކާއި އެއީ ވަރަށް ބޮޑު ކަމެއް ކަމަށް ކެޓްރީނާ ވިސްނާކަމަށް ވިކީ ބުންޏެވެ.
އެކަމަކު ގޭގެ ބަޖެޓް މީޓިންގ ހިނގަމުން ދާއިރު، ވިކީ އަށް އެ ވާހަކަ ވަރަށް ކަމުދެއެވެ. އަދި ވިކީ އަކީ އޯޑިއަންސް އެއް ކަމަށާއި، އޭނާ އިންނަނީ ޕޮޕްކޯން ކާން ކަމަށްވެސް ވިކީ ވަނީ ބުނެފައެވެ.
ވިކީ ކޯޝަލް ބުނީ އެ ދެ މީހުންގެ މެދުގައި ކެޓްރީނާއަކީ އިތުރަށް ރައްކާކުރަން ލޯބިކުރާ މީހެއް ކަމަށާއި ނަމަވެސް ޝޮޕިން ކުރާއިރު ޕެނީ ޕިންޗާގެ ރޯލު ދެމީހުންގެ މެދުގައި ދައުރުވަމުން ދާ ކަމަށެވެ. އެއީ ގަންނަ އެއްޗެއްގެ މައްޗަށް ބަރޯސާވާ ކަމެއް، އެކަމަށް އެންމެ ބޮޑަށް ޝައުގުވެރިވަނީ ކާކުތޯ ބެލުން ކަމަށާއި، ވިކީ މާ ބޮޑަށް ޝައުގުވެރިވާ އެއްޗެއް ގަންނަކަމަށްވަންޏާ، ކެޓްރީނާ ބަޖެޓުގައި ހިފަހައްޓަންވީ ވަގުތު ބުނާ ކަމަށެވެ.
“ޒާރާ ހަޓްކޭ ޒާރާ ބަޗްކޭ” ގެ ޓްރެއިލާ ލޯންޗް ކުރުމަށް ބޭއްވި ހަފުލާގައި ވިކީ ވަނީ ކެޓްރީނާ ޝައުގުވެރިވާ އަގުބޮޑު ބާއެއް ގަންނަން ދެކޮޅު ހެދި ކަމަށް ބުނެފަ އެވެ.

