ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވަޔާއިއެކު ވިއްސާރަވެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.
އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ މެދު ރާއްޖެތެރެއަށް ބޯކޮށް ވާރޭވެހޭނެތީ ކަނޑުދަތުރުކުރާ ފަރާތްތައް އެކަމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުންނާއި ފުލުހުންވެސް އިލްތިމާސްކޮށްފައެވެ.
ފުލުހުން ވިދާޅުވީ މިދުވަސްވަރަކީ މޫސުން ގޯސް އަދި ގަދަ ވައި ޖެހެމުންދާ ދުވަސްވަރަކަށްވާތީވެ، ސިނަމާލެ ބްރިޖް އަދި ލިންކުރޯޑް ތަކާއި ހަލިމަގުތަކުގައި ދަތުރުކުރާއިރު މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.

