އިންޖީނަށް މައްސަލައެއްދިމާވެ ރަޝިޔާއަށް ޖައްސަންޖެހުނު އެއަރ އިންޑިއާ ބޯޓުގެ ފަސިންޖަރުންނާއި ފަޅުވެރީން އެމެރިކާއަށް ގެންގޮސްފިއެވެ.
216 ފަސިންޖަރުންނާއި 16 ފަޅުވެރީން ސެން ފްރެންސިސްކޯ އަށް ފުރާފައިވަނީ އެ އެއަރލައިނުން ބަދަލުގައި ހަމަޖެއްސި ބޯޓެއްގައި ރަޝިޔާ ގަޑިން މިއަދު ހެނދުނު 10:27 ގައެވެ.
އެމެރިކާ ގަޑިން މިއަދު މެންދުރު 12:07 ގައި މިބޯޓު ކާމިޔާބުކަމާއި އެކު ވަނީ ސެންފްރެންސިސްކޯއަށް ޖައްސާފައެވެ.
ކުއްލިޙާލަތެއްގައި ރަޝިޔާއަށް ޖައްސަން ޖެހުނު މިބޯޓުގެ އެއްވެސް ފަޅުވެރިއަކަށް އަދި ފަސިންޖަރަކަށް ވެސް ހަނގުރާމައިގެ އަސަރެއް ނުކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފުރަތަމަ ދުވަހު ފިނީގެ އުނދަގޫ ފޯރިކަމަށް ވިޔަސް، ފަހުން ތިބޭނެތަނަކާއި ކެއިން ބުއިން ހަމަޖެހިގެން ދިއުމުން ވަރަށް ފަސޭހަވީ ކަމަށް އެބޯޓުގައި ތިބި ފަރާތްތަކުން ވަނީ ބުނެފައެވެ. އެފަރާތްތަކުން އިތުރަށް ބުނީ ރަޝިޔާގެ ސިފައިން އެމީހުންނާއި މެދު ޢަމަލުކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށެވެ.

