އެސްޓީއޯއިން ވަނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 0.41 ލާރި އަދި ޑީސަލް ލީޓަރަކުން 0.63 ލާރި އަގުހެޔޮކޮށްފައެވެ.
މިއަދު އަގަށް ބަދަލު ގެނައުމުގެ ކުރިން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 15.14 ރުފިޔާއަށެވެ. ޑީސަލް ލީޓަރެއް ވިއްކަމުން އައީ 15.70 ރުފިޔާއަށެވެ.
އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގުތަކަށް ބަދަލު ގެނައީ މިއަހަރުގެ މެއިމަހުގެ އެއްވަނަ ދުވަހުއެވެ. އެފަހަރު އެސްޓީއޯއިން ވަނީ ޕެޓްރޯލް ލީޓަރަކުން 0.83 ލާރި އަދި ޑީސަލް ލީޓަރަކުން 0.62 ލާރި ހެޔޮކޮށްފައެވެ.
މިއީ މިއަހަރު ތެލުގެ އަގު ހެޔޮކުރި ތިންވަނަ ފަހަރެވެ. ރާއްޖޭގެ މާކެޓަށް ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ފޯރުކޮށްދޭން މަސައްކަތްކުރި ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ހުރެ ދަތިތަކާ ކުރިމަތިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

