ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަންކޮށްފިއެވެ.
އެމަޤާމަށް އައްޔަންކޮށްފައިވަނީ ގއ. ވިލިނގިލި މުސްތަރީގެ، އަލްއުސްތާޛާ އައިޝަތު ޝިހާބްއެވެ.
ޖޭއެސްސީ އިން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އަލްއުސްތާޛާ އައިޝަތު ޝިހާބް އައްޔަންކުރަން ނިންމާފައިވަނީ، 04 ޖޫން 2023 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ 39 ވަނަ ބައްދަލުވުމުގައެވެ.
އަލްއުސްތާޛާ ޢައިޝަތު ޝިހާބްވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލްކުރައްވައިފައެވެ.
އަލްއުސްތާޛާ ޢައިޝަތު ޝިހާބް މެޖިސްްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމެވިއިރު، އޭނާ ހުންނެވީ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމްގައެވެ.

