ޕްލާސްޓިކް ގެ ސަބަބުން ދިމާވާ ގޮންޖެހުން ތަކުން އަރައިގަތުމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ އިމާރާތްތަކާއި އެ ކައުންސިލުން ހިންގާ އިމާރާތްތަކަށް 01 ޖުލައި 2023 އިން ފެށިގެން އެއްކަމު ޕްލާސްޓިކް ވެއްދުން މަނާ ކޮށްފިއެވެ.
ކައުންސިލް އިދާރާގެ އިތުރުން އެއްކަމު ޕްލާސްޓިކް ވެއްދުން މަނާ ކަމަށް ކަނޑައަޅައިފައިވާ އިތުރު އިމާރާތްތަކަކީ ފުވައްމުލައް ސިޓީ ކައުންސިލުން ހިންގަމުން އަންނަ ފުވައްމުލަކު ޕަބްލިކް ލައިބްރަރީ އާއި ފުވައްމުލަކު ނޭޗަރ ޕާކެވެ. މީގެ އިތުރުން އެ ކައުންސިލުން އެކަމާއި ގުޅިގެން ނިންމި ނިންމުމުގައި އިތުރަށް ބުނެފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލުން ހިންގާ ހަރަކާތްތަކުގައި އެއްކަމު ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށްވެސް ނިންމައިފައިވާ ކަމުގައެވެ.
ފުވައްމުލަކު ނޭޗަރ ޕާކުން އެތަނަށް ވެއްދުން 01 ޖުލައި 2023 އިން ފެށިގެން މަނާކޮށްފައިވާ ތަކެތީގެ ގޮތުގައި ކަނޑައަޅާފައިވަނީ ޕްލާސްޓިކް ކޮތަޅ،ު ޕްލާސްޓިކް އަދި ސްޓައިރޮފޯމް ތަށި ފަދަ ތަކެތީގެ އިތުރުން 5 ލީޓަރަށްވުރެ ކުދި ފެންފުޅިއާއި ޕްލާސްޓިކް ކަޓްލަރީ (ސަމުސ،ާ އޫ ފަދަ ތަކެތި) އެވެ.
މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުންވަނީ ޤަވާއިދާ ޚިލާފަށް މޫދަށާއި ހޭޅިފަށ،ް ޗަސްބިން ސަރަޙައްދު އަދި ކުނި އަޅަން ހަމަޖެހިފައި ނުވާ ސަރަޙައްދުތަކަށް ކުނި އަޅާ މީހުންގެ މައުލޫމާތު ވީޑިއޯ ނުވަތަ ފޮޓޯއާއި އެކު ފުވައްމުލައް ސިޓީ ކައުންސިލުގެ އެންވަޔަރަމެންޓް ސެކްޝަން ފޮނުއްވައިދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިފައެވ.ެ އެގޮތުން ވީޑިއޯ ނުވަތަ ފޮޓޯ ވައިބަރ މެދުވެރިކޮށް ހިއްސާ ކުރުމަށް އަދި ޝަކުވާ ހުށައެޅުމަށް ކަނޑައަޅައިފައިވާ ހޮޓްލައިން ނަންބަރަކީ 7590059 އެވެ.

