އިންޑިޔާގައި 101 މިލޮިޔަން މީހުން ހަކުރުބަލީގައި ދިރިއުޅެމުންދާކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މިއީ އެގައުމުގެ އާބާދީގެ 11.4 ޕަސެންޓް މީހުންނެވެ.
މީގެ އިތުރުން 136 މިލިއަން މީހުން – ނުވަތަ 15.3 އިންސައްތަ މީހުން ނަކީ ހަކުރު ބަލި ޖެހުމުގެ ނުރައްކާ އޮތް މީހުން ކަމަށް ވެސް އެގައުމުގެ ހެލްތް މިނިސްޓްރީން ކުރި ސާވޭއަކުން ދައްކައެވެ..
ޓައިޕް 2 ޑައިބެޓީސް އަކީ މި ބަލީގެ އެންމެ އާންމު ވައްތަރެވެ.
މީހުންގެ ލޭގައި ހަކުރު ގިނަވަނީ އެކަށީގެންވާ މިންވަރަށް އިންސިއުލިން އުފައްދައި ނުދޭތީއެވެ.
ލޭންސެޓް ޑައިބެޓީސް އެންޑް އެންޑޯކްރައިނޮލޮޖީގައި ޝާއިއުކޮށްފައިވާ އެންމެ ފަހުގެ ދިރާސާއަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ބުރަ ދެނެގަތުމަށް ކޮންމެ ސްޓޭޓެއް ވެސް ފުޅާ ދާއިރާއެއްގައި ކަވަރުކުރި ފުރަތަމަ ދިރާސާ ކަމަށް ބެލެވެ އެވެ.
ސައިންސްވެރިން ބުނި ގޮތުގައި އިންޑިއާގެ އާބާދީގައި ހަކުރު ބަލި ފެތުރޭ މިންވަރު ކުރިން އަންދާޒާކުރި މިންވަރަށް ވުރެ މާ ބޮޑެވެ. ޑަބްލިއުއެޗްއޯއިން އަންދާޒާކޮށްފައިވާ ގޮތުގައި ހަކުރު ބަލީގެ ޝިކާރައަކަށްވެފައިވާ 77 މިލިއަން މީހުންނާއި ހަކުރުބަލީގެ ނުރައްކާތެރިކަން އޮތް 25 މިލިޔަން މީހުން އެގައުމުގައި އުޅެއެވެ.

