އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ރޭޑިއޮލޮޖިސްޓުންނަށް އަހަރަކު އެތައް ހާސް މެމޯގްރާމް، ރިވިއު ކުރުމުގައި އެހީތެރިވެދެވިދާނެތޯ އެބާޑީން ރޯޔަލް އިންފާމަރީގައި މިހާރު ކުރިއަށްދާ ޓްރަޔަލަކުން ބަލަންފަށައިފިއެވެ.
ޕައިލެޓް ޕްރޮޖެކްޓުގައި އުރަމަތީގެ ކެންސަރުގެ ފުރަތަމަ މަރުހަލާ ދެނެގަތުމަށް ވަނީ އެހީތެރިވެދީފަ އެވެ- މި ޓްރަޔަލްގައި ބައިވެރިވި ހެލްތް ކެއާ އެސިސްޓެންޓެއްގެ ޓެސްޓަށޤ ފަހު ނަތީޖާދެއްކި ގޮތުން ސާޖަރީއެއް ހަދަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.
މެމޯގްރާމަކީ އުރަމަތީގެ ކެންސަރު ގެ ސްކްރީނިންތަކުގައި ބޭނުންކުރާ ދަށް ފެންވަރުގެ އެކްސްރޭތަކެކެވެ.
އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް އިން ބުނި ގޮތުގައި އިނގިރޭސިވިލާތުގައި އަހަރަކު ގާތްގަނޑަކަށް 1،300 މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް މެމޯގްރާމް އެހީތެރިވެދެ އެވެ.
އަދި 2022 ވަނަ އަހަރާ ހަމައަށް ތިން އަހަރު ދުވަހުގެ ތެރޭގައި ސްކޮޓްލޭންޑްގައި ރޫޓިން ބްރެސްޓް ސްކްރީނިންގައި ބައިވެރިވި އަންހެނުންގެ އަދަދު އިތުރުވި ނަމަވެސް ނަތީޖާ ރިވިއު ކުރާނެ ރޭޑިއޮލޮޖިސްޓުންގެ އަދަދު ދަނީ މަދުވަމުންނެވެ.
އޭއައި އަކީ ކޮބާ؟
އޭއައި – ކޮމްޕިއުޓަރުތަކުން އާންމުކޮށް އިންސާނުންގެ ބުއްދި ބޭނުންވާ ވަކި މަސައްކަތްތަކެއް ކުރާތަން ފެންނަ ޓެކްނޮލޮޖީ – މިހާރުވެސް އެކި ސިނާއަތްތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރެއެވެ.
އޭއައިގެ ސަބަބުން އިންސާނިއްޔަތު ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހައި ޕްރޮފައިލް ތަޖުރިބާކާރުންގެ މެދުގައި ދާދި ފަހުން ވަނީ ފެންމަތިވެފަ އެވެ.
ބޭހާއި ބަލިތައް ހޯދުމުގެ މަސައްކަތް ހަލުވިކުރުމުގެ ފުރުސަތު އޮތުމުގެ މާނައަކީ ގިނަ ސައިންސްވެރިންނާއި ޑޮކްޓަރުން ދެކޭ ގޮތުގައި އޭއައި އަކީ މަސައްކަތް ހަލުއި ކުރާނެ ބާރުގަދަ ވަސީލަތެކެވެ.
ޕަބްލިކް ހެލްތު ސްކޮޓްލޭންޑް (ޕީއެޗްއެސް) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ސްކޮޓްލޭންޑުގައި 2021 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު ހުރިހާ އުމުރުފުރައެއްގެ އަންހެނުންގެ ސްކްރީން ކުރުމުން، އުރަމަތީގެ ކެންސަރުގެ އަދަދު ވަނީ 1830 އަށް އިތުރުވެފައިކަން ދައްކާފައެވެ.
ރޭޑިއޮލޮޖިސްޓުން ކޮންމެ އަހަރަކު އެވްރެޖްކޮށް ބަލާ 5،000 މެމޯގްރާމްގެ ތެރެއިން 250 އާއި 300 އާ ދެމެދުގެ އަދަދަކަށް އަނބުރާ ފޮނުވާލައެވެ. އަދި އޭގެތެރފެއިން 40 މީހުންނަކީ އަވަހަށް ފަރުވާ ބޭނުންވާ މީހުންނެވެ.

