ޓްވިޓާއާ ވާދަކުރުމަށް ފަރުމާކޮށްފައިވާ ޓެކްސްޓް ބޭސްޑް ސޯޝަލް ނެޓްވޯކެއް ހެދުމުގެ މަސައްކަތް ފޭސްބުކް ހިންގާ ކުންފުނި މެޓަ އިން ފަށައިފި އެވެ.
މީގެ ސަބަބުން މެޓާގެ ފޮޓޯ ޝެއާކުރާ އެޕްލިކޭޝަން އިންސްޓަގްރާމްގައި މިހާރުވެސް ފޮލޯކުރާ އެކައުންޓްތައް ފޮލޯ ކުރެވޭނެ އެވެ.
އަދި އޭގެ ސަބަބުން މަސްޓޮޑޮން ފަދަ ލާމަރުކަޒީ ޕްލެޓްފޯމްތަކުން ފޮލޯވަރުން ގެނައުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.
މެޓައިން ބުނަނީ އެޕްލެޓްފޯމް މިހާރު ތަރައްގީ ކުރަމުން އަންނަ ކަމަށެވެ.
ޓެކްސްޓް އަޕްޑޭޓްތައް ހިއްސާކުރުމަށް ޓަކައި ލާމަރުކަޒީ ސޯޝަލް ނެޓްވޯކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
“އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކްރިއޭޓަރުންނާއި ޕަބްލިކް ޝަޙްސިއްޔަތުތަކަށް އެ މީހުންގެ މަސްލަހަތާ ބެހޭ ގޮތުން ވަގުތުން އަޕްޑޭޓްތައް ހިއްސާ ކުރެވޭނެ ވަކި ޖާގައެއް އޮތުމުގެ ފުރުސަތު އެބައޮތް.” ކްރިސް ކޮކްސް
މެޓާގެ ޗީފް ޕްރޮޑަކްޓް އޮފިސަރު ކްރިސް ކޮކްސް ވިދާޅުވީ އެ ޕްލެޓްފޯމްގައި ކޯޑިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ފެށުމަށް ވަކި ތާރީހެއް ދީފައި ނުވި ނަމަވެސް ޓެކް ޖަޔަންޓްގެ އަމާޒަކީ ވަރަށް އަވަހަށް ރިލީޒް ކުރުމެވެ. ޖޫން މަސް ނިމުމުގެ ކުރިން ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

