އިންޑިއާގެ ރެއިލް އެކްސިޑެންޓުގެ ތަޙުޤީޤުގައި މިހާރު ކުރިއަށްދަނީ، އެކްސިޑެންޓް ހިނގީ އިލެކްޓްރޯނިކް ސިގްނަލެއް މެނުއަލްކޮށް ބަދަލުކުރުމުންތޯ އޮޅުންފިލުވުމުގެ މަރުޙަލާ ކަމަށް، އެސަރަޙައްދުގެ 3 ރެއިލްވޭ ސެޓޭޝަނަކާއި ޙަވާލާދީ ރޮއިޓާސް އިން ރިޕޯޓުކޮށްފިއެވެ.
ދަ ކޮމިޝަން އޮފް ރެއިލްވޭ ސޭފްޓީ (ސީ.އާރް.އެސް.)ގެ ތަޙްޤީޤީ އޮފިޝަލުން ލަފާކުރައްވާ ގޮތުގައި އޮޓަމެޓިކު ސިގްނަލް މެނުއަލްކޮށް ބަދަލުކޮށްފައި ވަނީ އެސަޙައްދުގައި ޙަރަކާތްތެރި ވާ މުވައްޒަފުންނެވެ. ނަން ހާމަކުރަން ބޭނުންނުވާ މި 3 ރެއިލްވޭ ސެޓޭޝަންގެ ތެރެއިން ދެ ފަރާތަކުން ބުނެފައިވެއެވެ. މިކަން މިހެން ހިނގާފައިވަނީ އެ ސިގްނަލް އަމިއްލައަށް މަސައްކަތް ނުކާރާތީ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ނަން ހާމަކުރަން ބޭނުން ނުވުމާއިއެކު، މަޢުލޫމާތު ދިން ފަރާތްތަކުން ވަނީ އެފަރާތްތަކަކީ މިކަމާއި ގުޅޭ ރަސްމީ މަޢުލޫމާތު މީޑިއާއަށް ދިނުމުގެ ޙައިސިއްޔަތު ލިބިގެންވާ ފަރާތްތަކެއް ނޫންކަމަށް ވެސް ބުނެފައެވެ.
މި މަޢުލޫމާތާއި ގުޅިގެން ސީ.އާރް.އެސް. އާއި ކުރެވުނު ސުވާލުތަކަށް އެފަރާތުން ޖަވާބެއް ދެއްވާފައި ނުވާކަމަށް ވެސް ރޮއިޓާސްގެ ޚަބަރުގައިވެއެވެ.
މިކަމާއި ގުޅިގެން ވަކި ތަޙުޤީޤެއް ފަށާފައިވާ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީ.ބީ.އައި.)ގެ ތަރުޖަމާނުގެ ޖަވާބުދެއްވެސް މިހާތަނަށް ލިބިފައި ނުވާކަން އެ ނޫހުން ވަނީ ފާހަގަކޮށްފައެވެ.
ރެއިލްވޭ ސްޓޭޝަން ހުރްސްކުރުންމަށް ބޭނުންކުރާ މި ސިގްނަލް ރަނގަޅަށް މަސައްކަތް ނުކުރާތާ 3 މަސް ވެފައިވާކަމަށް ބަހަނަގާ އަވަށުގެ ޢާއްމުން ދަނީ ބުނަމުންނެވެ.
މީގެ ކުރިން އިންޓަނޭޝަނަލް މީޑީއާއިން ރިޕޯޓުކޮށްފައިވަނީ، ބާރަށް ދަތުރުކުރާ، ފަސިންޖަރުން އުފުލާ ރޭލެއް، މަޑުކޮށްފައި އޮތް މުދާއުފުލާ ރޭލެއްގައި ޖެހެން ދިމާވީ ރޭލް ހުއްޓުވާ ސިގްނަލެއް ރަނަގަޅަށް މަސައްކަތް ނުކުރުމުން ކަމަށެވެ.
އޮޑިއްސާ ސްޓޭޓުގެ އުތުރުގައި އޮންނަ ބަލަސޯރ ޑިސްޓްރިކްޓްގެ ބަހަނަގާ ބާޒާރު ސްޓޭޝަންގައި ޖޫން މަހުގެ 2 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި 288 މީހުން މަރުވެ 1000 އަށްވުރެ ގިންމީހުން ވަނީ ޒަޚަމްވެފައެވެ. މިއީ ފާއިތުވި ވިހި އަހަރުގެ ތެރޭގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި ރެއިލް އެކްސިޑެންޓެވެ.

