ރައީސް ސޯލިހު ގައުމު ހިންގަނީ ވަރަށް ފުރިހަމަކޮށް ކަމަށް ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަޢުސޫމް ރައީސް ސޯލިހުގެ ސަރުކާރަށް ތާއިދު ކުރަށްވާފައި މިވަނީ އިދިކޮޅު ކޯލިޝަނުން "މިނިވަންކަމުގެ ދިފާޢުގައި- ދިވެހިން" ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނަށް ސަރުކާރު ހިންގާ މައި ޕާޓީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކަށް ދަޢުވަތު އަރުވާފައިވާ ދަނޑިވަޅެއްގައެވެ.
ރައީސް ޞާލިޙުގެ ސަރުކާރަށް ތަޢުރީފު ކުރައްވަމުން މަޢުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ޕާޓީީގެ ބައެއް އިސް ބޭފުޅުން މާވާދަވެރި ގޮތަކަށް ބަސް ވިދާޅުވުމުން ދޭހަވަނީ އިންތިޚާބު އިޢުލާނުކުރުމުގެ މާކުރިން އެމީހުން ބަލި ގަބޫލު ކޮށްފިކަން ކަމަށެވެ.
ރައީސް ޞާލިޙު ކޮވިޑު ތެރޭގައިވެސް ރާއްޖޭގެ އިޤުތިޞާދު ހިފަހައްޓައި ޤައުމު ހިންގަމުން އެ ގެންދަވަނީ އިދިކޮޅު ޕާޓީ މެމްބަރުން ޖޭ ވާހާ މޮޅަށްކަމަށް ޑރ. މައުސޫމް ރައީސް ސޯލިހަށް ތައުރީފް ކުރަށްވައި ވިދާޅުވިއެވެ.
މިނިސްޓަރ މައުސޫމްގެ ޓުވީޓު އެކި މީހުން އެކި ގޮތަށް ސިފަ ކުރި އިރު ގިނަ ބަޔަކަށް މިއީ މަޖާ ޓުވީޓެއް ކަމުގައެެވެ.
މިނިސްޓަރުގެ ޓްވީޓާއި ގުޅިގެން ކޮމެންޓު ކުރި ބައެއް މީހުން އެ ޓްވީޓަކީ މިނިސްޓަރ ކަމުގެ ވަޒީފާގައި ދެމި ހުންނެވުމުގެ ބޭނުމުގައި ސަރުކާރަށް ތައުރީފް ކުރެއްވުމަށް ކުރެއްވި ޓޫވީޓެއް ކަމުގައި ވެސް ބުނެފައިވެއެވެ

