މިއަހަރުގެ އޮގަސްޓް 4-11 އަށް ޓްރިނަޑާޑް އެންޑް ޓޮބޭގޯ ގައި ބާއްވާ ކޮމަންވެލްތު ޔޫތު ގޭމްސް އަށް ދާ ރާއްޖޭގެ ސްކޮޑް އިއުލާން ކޮށްފި އެވެ.
14 އަހަރާއި 18 އަހަރާ ދެމެދުގެ އެތުލީޓުންނަށް އޮންނަ މި މުބާރާތަށް ދާ ރާއްޖޭގެ އެތުލީޓުންނަކީ އިބްރާހިމް ނާހިލް ނިޒާރު، އަހްނާ ނިޒާރު އަދި ޒުއިޒް މުހައްމަދު ސައުދު އެވެ. އަހްނާ އާއި ޒުއިޒް ވެސް ވަނީ އުޒްބަކިސްތާނުގެ ޓަޝްކެންޓް ގައި މިއަހަރު އޮތް ފަސް ވަނަ ޔޫތު އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގައި ވެސް ވާދަ ކޮށްފަ އެވެ. ނާހިލް ވަނީ މިދިޔަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކޮށް ގައުމީ ލޯންގް ޖަމްޕުގެ ރެކޯޑް ހަދައިފަ އެވެ. އޭގެ ފަހުން ރާއްޖޭގައި އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އޭނާ ވަނީ އެ ރެކޯޑް އަލުން މުގުރާލާފައެވެ. މިއީ މެދުކެނޑުމަކަށް ފަހު ރާއްޖެއިން ކޮމަންވެލްތު ޔޫތު ގޭމްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
07 ވަނަ ކޮމަންވެލްތް ޔޫތު ގޭމްސްގައި ވާދަކުރާ އެތުލެޓިކްސް ޓީމް އިޢުލާން ކުރުން.
Billabong High International…Posted by Athletics Association of Maldives on Monday, June 12, 2023
ކޮމަންވެލްތު ޔޫތު ގޭމްސްއަށް ދާ ރާއްޖޭގެ ސްކޮޑްގައި 3 އެތުލީޓުން ހިމެނޭ އިރު އޭގެ ތެރެއިން އެކަކީ މިހާރު ރާއްޖޭގައި ތިބި ޒުވާން އެތުލީޓުންގެ ތެރޭގައި ފާހަގަކޮށްލެވޭ އަދި ގދ ތިނަދޫ އަށް ނިސްބަތްވާ ދުވުންތެރިއެކެވެ.
ތިނަދޫ އަކީ ރާއްޖޭގެ އެތުލީޓުން ނޭޝަނަލް ލެވެލަށް ތަމްރީނު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ރަށެވެ. ތިނަދޫ މިވަގުތު ވެސް ދަނީ އެތުލެޓިކްސް ޕޫލެއް ހިނގަމުންނެވެ. އެއްވެސް އަގަކާއި ނުލައި ކުރިޔަށްދާ މި ޕޫލްގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ މިހާރުވެސް ހުޅުވާލާފައެވެ. ތިނަދޫ އެތުލެޓިކްސް ޕޫލް ގައި ބައިވެރިވުމަށް ގުޅާނެ ނަންބަރަކީ 7908337 އެވެ.

