އިންޑިއާގެ ބެންގަލޫރުގެ އަންހެނަކު އޭނާގެ މަންމަ މަރާލައި، ހަށިގަނޑު ފޮށްޓަކަށް ލައިގެން ފުލުހުންނަށް ގެންގޮސްދީފިއެވެ.
ވެސްޓް ބެންގާލަށް ނިސްބަތްވާ 39 އަހަރުގެ މި އަންހެނާ އަކީ ފިޒިއޮތެރަޕިސްޓެއް ކަމަށް އިންޑިއާ ޓުޑޭއިން ބުނެފައިވެއެވެ.
ފުލުންހުން ވަނީ މިއަންހެނާ ހަމަ އެވަގުތު ހައްޔަރު ކޮށްފައެވެ. ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެމުން އަންހެނާ ބުނެފައި ވަނީ މަންމަ މަރާލީ ޢާއްމުގޮތެއްގައި ދެބަސްވެ ޒުވާބުކުރަން ޖެހޭތީ ކަމަށެވެ.
އަންހެން މީހާ ބަންދުކުރެވިފައި ވަނީ ބެންގަލޫރުގެ ބީ.ޓީ.އެމް ލޭއައުޓް (ޢާއްމުކޮށް ކިޔާ ގޮތުންނަމަ މިކައު ލޭއައުޓް) ސިޓީގެ ޕޮލިސް ސްޓޭޝަންގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިފަދަ ޙާދިސާ ތަކަކީ އިންޑިއާގައި ވަރަށް ޢާއްމުކޮށް ހިނގާ ޙާދިސާތަކެކެވެ. ޚާއްޞަކޮށް ބެންގަލޫރުގައި ކުރެވޭ ކުށްތައް ކޮވިޑްގެ ފަހުން މަދުވެފައި ވާކަމަށް ތަފާސް ހިސާބުތަކުން ދެއްކިއަސް، 2022 ވަނަ އަހަރު އެކަނިވެސް ބެންގަލޫރު ގައި 172 މީހަކު މަރާލާފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ.

