ކުރީގެ ރައީސް އަދި އިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއިމެދު މިސަރުކާރުން ދެމުންގެންދާ އަނިޔާތައް އިންތިހާއަށް ގޮސްފައިވާކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެެވެ.
ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދަޢުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދަޢުވާގެ ޝަރީއަތް އިއްޔެ 13 ގަޑިއިރަށް ކުރިއަށް ގެންދިއުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

