މެލޭޝިއާގެ ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް (އެމްޓީސީޕީ) އިން މާސްޓާސް ޑިގްރީ ޕްރޮގްރާމްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މެލޭޝިއާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދޭ މި ސްކޮލާޝިޕްގައި ޓިއުޝަން ފީ އާއި އިތުރު ފީތައްވެސް ހިމެނެއެވެ.
ހަޔާ އެޑިޔުކޭޝަންއިން ބުނި ގޮތުގައި 24 މަހާއި 36 މަސްދުވަހާއި ދެމެދު ހިންގޭ މި ކޯސްތަކުގައި އުމުރުން 45 އަހަރު ނުވާ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެއެވެ.
ހަޔާ އެޑިޔުކޭޝަނުން ވަނީ އެ ކޯސްތަކަށް ހޮވުމުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ އިންސްޓިޓިއުޓެއްތޯ އާއި ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް އެދިފަ އެވެ.
މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ އެ ސްކޮލާޝިޕްތަކަށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭއިރު، އެންޑޯޒް ފޯމް މަހުގެ 22ގެ ކުރިން ފޮރިން މިނިސްޓްރީ އަށް އެންޑޯޒްމަންޓް ފޯމް މެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގް ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުމަށް ވެސް މިނިސްޓްރީން އެދިފައިވެ އެވެ.

