ނައިޖީރިއާގައި ބޯޓެެއް ބަންޑުންޖަހާލައި 100 އަށްވުރެ ގިނަ މީހުން މަރުވި މި ޙާދިސާ ހިނގާފައިވަނީ އެޤައުމުގެ އުތުރުގައެވެ. މިބޯޓުގައި ދަތުރުކުރީ ކައިވެނި ޕާޓީއަކުން އެނބުރި އައި ބައެއް ކަމަށްވެއެވެ.
ނައިޖީރިއާގެ 3 ވަނައަށް އެންމެ ބޮޑު ނިގަރ ކޯރުގައި ހިނގާފައިވާ މިޙާދިސާގައި އެހާ ގިނަ ޢަދަދެއްގެ މީހުން މަދުވެފައިވަނީ އެކަން ހިނގީ ދަންވަރުގެ ވަގުތެއްގައި ކަމުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
މިހާތަނަށް މަރުވެފައިވަނީ 103 މީހެއްކަން ވަނީ ކަށަވަރު ކުރެވިފަ. މަރުވާ ޢަދަދު އިތުރުވެދާނެ. މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް.
ނިގަރ ގެ އައްސޭރިފަށުގައި އޮންނަ ކްވާރާ ސްޓޭޓްގެ ޕަޓޭގީ ޑިސްޓްރިކްޓްގެ ފުލުހުންގެ ތަރުޖަމާނު އޮކާސަންމީ އަޖޭޔީ ވިދާޅުވިއެވެ.
މިބޯޓުގައި ދަތުރު ކުރި މީހުން އެމީހުންގެ ސައިކަލުތަކާއި ގިނަ ޢަދަދެއްގެ ފޮށި ތަންމަތިވެސް ވަނީ ބޯޓުގައި އުފުލާފައެވެ.
އެ ސަރަޙައްދުގެ އެކި އަވަށްތަކުން މީހުން އަރުވައިގެން ދަތުރުކުރި މިބޯޓު ބަންޑުންޖަހާލި އިރު އޭގައި 100 އަށްވުރެ ގިނަ މީހުން ތިބިކަމަށް މަޢުލޫމާތު ލިބެއެވެ.
ބޯޓު ބަނޑުންޖަހާލީ އެއަށް އެކަށީގެންވާ ވަރަށްވުރެ ބަރުކޮށް ދަތުރު ކުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޙާދިސާ ހިނގި ބޯޓުން އެއްވެސް މީހަކު ސަލާމަތްވީކަން އަދި ކަށަވަރު ކުރެވިފައި ނުވާކަމަށް އަލްޖަޒީރާއިން ބުނެއެވެ.
2021 ވަނަ އަހަރު ނިގަރ ކޯރުގައި ހިނގި މިފަދަ ޙާދިސާއެއްގައި ވެސް 160 މީހުންވަނީ މަރުވެފައެވެ.

