ހަކުރުގެ މައްޗަށް ބަރޯސާވުމަކީ އަޅުގަނޑުމެންގެ މިޒަމާނުގެ ދިރިއުޅުމުގެ ވައްޓަފާޅިގެ ވަރަށް ފުޅާ ދާއިރާއަކަށް ވެއްޖެއެވެ. މީރު ބުއިންތަކާއި ޕްރޮސެސްޑް ސްނެކްސް އިން ފެށިގެން އާންމުކޮށް ބޭނުންކުރާ މީރުކާނާ ހަމައަށް ހަކުރު ވަނީ ކެއުމުގެ ހުރިހާ ކަމެއްގެ ތެރެއަށް ވަދެފަ އެވެ. ނަމަވެސް ހަކުރު ގިނައިން ކެއުމަކީ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. އޭގެ ތެރޭގައި އޮބެސިޓީ، ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި އެހެނިހެން ދާއިމީ ސިއްހީ ހާލަތްތައް ހިމެނެ އެވެ. އެހެންކަމުން ހަކުރުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ހޭލުންތެރިވެ، މުޅި ދުޅަހެޔޮކަމަށް ޓަކައި ބޭނުންކުރާ މިންވަރު މަދުކުރުމަށް ވިސްނުންތެރިކަމާއެކު ޚިޔާލުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ދެން އޮތް ސުވާލަކީ މިފަދަ ޙާލަތެއްގައި ކެއުމުން ހަކުރު މުޅިން ނައްތާލުމަށް ވިސްނަންވީ ހެއްޔެވެ؟ މީގެ އިތުރުން މަސް ދުވަސް ވަންދެން ހަކުރުއާ ދުރުގައި ހުރެއްޖެނަމަ ހަށިގަނޑަށް އަންނާނެ ކަމަށް އުންމީދު ކުރެވޭނީ ކޮންކަހަލަ ބަދަލެއް ހެއްޔެވެ؟
ލޭގައި ހަކުރު ހުންނަ މިންވަރު ރަނގަޅުވުން: ހަކުރު ކަނޑާލުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު ހަމައަކަށް އަޅުވައި، ހަކަތައިގެ މިންވަރާއި މޫޑަށް އަސަރުކޮށްފާނެ ސްޕައިކްތަކާއި ކްރެޝްތައް މަދުކޮށްދޭ ކަމެކެވެ. އަދި ހަމަ އެހެންމެ ހަކުރު ބޭނުންކުރުމާއި ދުރުވުމަކީ ބަރުދަން ލިއިކުރުމަށްވެސް އެހީތެރިވެދޭ ކަމެކެވެ. އެގޮތުން ހަކުރަކީ ގިނަ ކެލޮރިތަކެއް އޭގައި އެކުލެވޭ އެއްޗަކަށް ވުމުން އެ ވެފައިވަނީ އެޑިކްޓިވް އެއްޗަކަށެވެ. އަދި އެއީ ޒަމާނާއި އެކު ހަކުރާއި ދުރަށް ދިޔުމަށްޓަކާ ކުރެވޭނެ އެންމެ މުހިންމު އެއް ކަމެވެ. އަދި ހަމަ އެހެންމެ ހަކުރާއި ދުރުހެލިވުމުން، ދަތްތަކުގެ ދުޅަހެޔޮކަން ރަނގަޅުވެއެވެ. ދަތުގެ ދުޅަހެޔޮކަން ރަނގަޅުވުން: ހަކުރު އަކީ ދަތްތައް ހަލާކުވާ މައިގަނޑު ސަބަބެއް ކަމުން އެކަމުން ދުރުހެލިވުމަކީ އަނގައިގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
މަހެއްހާ ދުވަހަށް ހަކުރު މުޅިން ދޫކޮށްލަން ލަފާ ދީފައިވޭތޯ ނުވަތަ ނޫންތޯ ބަރޯސާވަނީ ސިއްޙީ ގޮތުން ކަނޑައެޅިފައިވާ ވަކި ލަނޑުދަނޑިތަކަކާއި ޙާލަތްތަކުގެ މައްޗަށެވެ. ގިނަ މީހުންނަށް އާންމުގޮތެއްގައި ހަކުރު މަދުކުރުމަކީ މުޅި ސިއްހަތު ދެމެހެއްޓުމަށް ޓަކައި ލަފާދޭ ކަމެކެވެ. އެހެންނަމަވެސް ކެއުމުން ހުރިހާ ބާވަތެއްގެ ހަކުރު މުޅިން ނައްތާލުމަކީ ގޮންޖެހުންބޮޑު ކަމެކެވެ.
ކެއުމުން ހަކުރު ކަނޑާލަން ގަސްތުކުރާނަމަ، ޑައިޓީޝަނުން ލަފާދެއްވާފައިވާ ގޮތްތަކަށް ބަލާލަމާ ހިނގާށެވެ.
*ނެޗުރަލް ސްވީޓްނަރސް: ސްޓެވިއާ، މޮންކް ފްރުޓް އެކްސްޓްރެކްޓް އަދި އެރިތްރިޓޯލް ފަދަ އޮޕްޝަންތަކަކީ ހަކުރުގެ ބަދަލުގައި ބޭނުންކުރެވިދާނެ ލޯ ކެލޮރީ ސްވީޓްނަރސް އެވެ. މި ސްވީޓްނަރތަކުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރަށް އެންމެ ކުޑަ އަސަރެއް ކުރެއެވެ.
*ތާޒާ މޭވާ: މޭވާގައި ގުދުރަތީ ހަކުރުގެ އިތުރުން ފައިބާ، ވިޓަމިން އަދި މިނަރަލްސް އެކުލެވިގެންވެއެވެ. މިއީ ނިއުޓްރިޝަނަލް ފައިދާތައް ފޯރުކޮށްދޭއިރު، ތިބާގެ މީރު ކެއުންތައް ފުއްދައިދޭ އެއްޗެކެވެ.
*ސްޕައިސް: ސިނަމަން، ނަޓްމެގް އަދި ވެނީލާ ފަދަ މަސާލާތައް ބޭނުންކުރުމުން ހަކުރު އެޅުމެއް ނެތި ކެއުންތަކަށް ރަހަ އާއި މީރުކަން އިތުރުކޮށްދެ އެވެ.
*ޑާކް ޗޮކްލެޓް: ކިރު ޗޮކްލެޓާ އަޅާބަލާއިރު ހަކުރު މަދުކަމުން ކޮކޯ (70 ޕަސެންޓް ނުވަތަ އެއަށް ވުރެ ގިނަ އިންސައްތަ) ގިނަ އިންސައްތައެއް ހިމެނޭ ޑާކް ޗޮކްލެޓް ހިޔާރުކުރާށެވެ.
*މީރުނުކުރާ ބުއިންތައް: ސޯޑާ ނުވަތަ ޖޫސް ފަދަ ހަކުރު އެކުލެވޭ ބުއިންތަކުގެ ބަދަލުގައި ފެން، ހާބަލް ޓީ ނުވަތަ މީރުނުކުރާ ކޮފީ އިޚްތިޔާރު ކުރާށެވެ.
ހަނދާން ބަހައްޓަންވީ ކަމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެކަންކަމުގެ މައުލޫމާތުތައް އެނގުން މުހިންމު ކަމެވެ. ކާބޯތަކެތީގެ ލޭބަލްތައް ކިޔުމާއި ފޮރުވިފައިވާ ހަކުރުތަކަށް ހޭލުންތެރިވެ، ޖުމްލަގޮތެއްގައި ބެލެންސް އަދި ތަފާތު ޑައިޓެއް ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ.

