ގއ ވިލިނގިލިން މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ. ގެއްލިގެން ހޯދަމުން އަންނަނީ އެރަށު ރަތްވިލާގޭ އައްސަދު އަހުމަދެވެ.
އޭނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 01:10 ހާއިރު އެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި އެރަށުން ގެއްލިގެން ހޯދަމުން އަންނަނީ ޢުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އަދި އޭނާ ފެނިފައި ނުވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ގެއްލިގެން ހޯދަމުން އަންނަ އައްސަދުގެ އެއްވެސް މައުލޫމާތެއް އިނގޭ ފަރާތްތަކުން ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

