އިންޑިއާގެ މަދިޔަ ޕްރަދޭޝްގެ އަންހެނަކު، ނިދާފައި އޮތް ފިރިމީހާގެ ޖިންސީ ގުނަވަނަށް ހޫނުތެޔޮ އަޅައިފިއެވެ. ހައިރާން ކުރުވަނިވި މިޙާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ވިއޯން އިން ރިޕޯޓު ކުރެއެވެ.
އަންހެން މީހާ މިކަން ކުރީ ފިރިމީހާއާއި ދެބަސްވެ ކުރި ޒުވާބަކަށްފަހުގައި ކަމަށާއި، މިޙާދިސާއަށްފަހު އަންހެންމީހާ ފިލާފައިވާކަމަށް ވެސް އެނޫހުން ބުނެއެވެ.
މި ދެމަފިރިންގެ މެދުގައި ޒުވާބު ހިނގީ އަންހެން މީހާ އެހެން ފިރިހެނަކާއި ފޯނުން ވާހަކަ ދައްކާކަން އެނގުމުން އެކަން ހުއްޓުވަން ފިރިމީހާ މަސައްކަތް ކުރުމުންނެވެ.
މިހާރު ހޮސްޕިޓަލުގައި އެޑްމިޓް ކުރެވި، ޞިއްޙީ ޚާއްޞަ ފަރުވާ ދެވެމުންދާ، ޢުމުރުން 32 އަހަރުގެ ސުނިލް ދާކަޅް ބުނީ، އަނބިމީހާއާއި ބެހޭގޮތުން މިޚަބަރު އޭނާއަށް ދިނީ އަވައްޓެރިއެއް ކަމަށެވެ. އޭނާގެ އަންހެނުން ބޭވަފާތެރިވާކަން ކަށަވަރު ކުރުމަށްފަހު ސުނިލް ވަނީ އަނބިމީހާގެ ފޯނު އަތުލާފައެވެ.
ހުކުރު ދުވަހުގެރޭގެ ދަންވަރު 2 ޖެހިހާއިރު ތެދުވެ މިހާ އިހާނެތި ޢަމަލެއް ހިންގީ، އަންހެން މީހާ މިކަމާއި ރުޅިގަދަވެގެން ކަމަށް ސުނިލް ބުނެއެވެ.
ސުނިލްއަށް ހޭލެވުނީ ހޫނުތެޔޮ ޖެހި ދިލަނަގަން ފެށުމުންނެވެ. އޭނާ ދިޔައީ ހުއްޓަނުލާ ބާރަށް ހަޅޭލަވަމުންނެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ މިއަޑަށް އެތަނަށް އެއްވި އޭނާގެ އަވަށްޓެރީންނެވެ.
އަވައްޓެރީން ވަނީ މިމައްސަލަ ފުލުހަށްވެސް ހުށަހަޅާފައެވެ. ފުލުހުން މިމައްސަލައިގެ ތަޙުޤީޤު ފަށާފައިވާއިރު، އަންހެންމީހާ ވީތަނެއް އަދިވެސް ސާފެއްނުވެއެވެ.

