8 ރަށެއްގައި މިއަދު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން 5 ގޮނޑި އިދިކޮޅު ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.
އިލެކްޝަންސްގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި ޕީޕީއެމުން ވަނީ ހދ.ފިނޭ،މ.ވޭވަށް އަދި ލ.މާމެންދޫގެ އިތުރުން ގދ.ހޯނޑެއްދުއާއި ކ.ދިއްފުށީގެއިންތިޚާބުތައް ކާމިޔާބުކޮށްފައެވެ. އަނެއް ތިން ރަށުގެ ތެރެއިން އއ.ފެރިދުއާއި ތ.ގާދިއްފުށި އެމްޑީޕީން ކާމިޔާބުކުރި އިރު ރ.އަނގޮޅިތީމުގެއިންތިޚާބުކުރީ އަމިއްލަ ކެނޑިޑޭޓެކެވެ.
ބައި އިލެކްޝަންތަކުގެ ނަތީޖާ:
– އއ. ފެރިދޫ
1. ސާނާ އަހުމަދު / އެމްޑީޕީ – 244
2. ވަސީމާ މުޙައްމަދު / ޕީޕީއެމް – 205
– ހދ. ފިނޭ
1. މުއުމިނާ އިބްރާހިމް / އެމްޑީޕީ – 133
2. ޒުހުދާ މުހައްމަދު / ޕީޕީއެމް – 147
ރ. އަނގޮޅިތީމު
1. ޚަދީޖާ ހުސެއިން މަނިކު / ޕީޕީއެމް – 82
2. ޢާސިމާ ރަޝީދު / އަމިއްލަގޮތުން – 95
ކ. ދިއްފުށި
1. ޢައިޝަތު ސާހިރާ / ޕީޕީއެމް – 181
2. ފާތިމަތު ޢަރުޝީ / އަމިއްލަގޮތުން – 174
– މ. ވޭވަށް
1. ދުންޔާ ޚާލިދު / އެމްޑީޕީ – 101
2. ޝިފާޒާ އިބްރާހިމް / ޕީޕީއެމް – 113
– ތ. ގާދިއްފުށި
1. މަރިޔަމް ޙަސަން / އެމްޑީޕީ – 234
2. ނިހާމާ ޢަބްދުﷲ / ޕީޕީއެމް – 158
– ލ. މާމެންދޫ
1. ސަޢުދިއްޔާ ޙުސެއިން / ޕީޕީއެމް – 224
2. ނާޒިމާ ޢަބްދުއްސަމަދު / އެމްޑީޕީ – 202
– ގދ. ހޯނޑެއްދޫ
1. ނަޒުރާނާ ހުސެއިން މަނިކު / ޕީޕީއެމް – 204
2. ލިޒުނާ ނަސީރު / އެމްޑީޕީ – 86
3. މައިމޫނަތު ޝަރީފް / އަމިއްލަގޮތުން – 76
މި 8 ރަށުގެ އިތުރުން ގއ.ދެއްވަދޫއާއި ރ.މީދޫގެ އިތުރުން ށ.މާއުނގޫދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައިއިލެކްޝަންވެސް މިއަދު ބޭއްވުމަށް ހަމަޖެހުނެވެ. ނަމަވެސް ޕީޕީއެމް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އެ ގޮނޑިތަކަށް ކުރިމަތިލައިފައި ނުވާތީ އެ ރަށްތަކުގެއިންތިޚާބު ވެސް ޕީޕީއެމުން ވަނީ ކާމިޔާބުކޮށްފައެވެ.
ޕީޕީއެމް އިން އަންނަނީ މިއަދު ލިބުނު ކާމިޔާބީ ފާހަގަ ކުރަމުންނެވެ. ޕީޕީއެމް ހިންގުމާއި މިހާރު ހަވާލުވެ ހުންނެވި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ރައީސް އަބްދުﷲ ޔާމީން އަށާއި ޕީޕީއެމްގެ ކެންޑިޑޭޓުން އިންތިހާބު ކުރި ރަށްތަކަށް މަރުހަބާ ވިދާޅުވެފައެވެ.
ޤާނޫނުގައި ކުރިން އޮތްގޮތުން އަންހެނުންގެ ކޮމެޓީތަކުގެ މެމްބަރުން އިސްތިއުފާދީފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހެއެވެ. ނަމަވެސް ޤާނޫނަށް މިހާރު ގެނެސްފައިވާ ބަދަލާއިއެކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބެއް ބާއްވަން ޖެހޭނީ 365 ދުވަހުގެ ތެރޭގައެވެ.

