ކެމްޕެއިންތަކާއި ރެލިތައް ބޭއްވުމަށް ސުކޫލުތައް ކުއްޔަށް ނުދެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ވަކިވަކި ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް ކުސޫލުތައް ކުއްޔަށް ދޭ ކަމަށްބުނެ ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް ކޮށްފައިވާ ޓުވީޓާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ރާއްޖޭގެ ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އެގޮތަށް އެއްވެސް ޕާޓީއަށް ސުކޫލުތައް ކުއްޔަށް ދޫނުކުރެވޭނެ ކަމަށެވެ.
ނަމަވެސް ސުކޫލުތަކުގެ ހޯލުތައް ފަދަ ތަންތަން ކުއްޔަށް ދިނުމާއިބެހޭ އުސޫލަށް ފެތޭނަމަ ސިޔާސީ ޕާޓީތަކަށްވެސް ދޫކުރާނެ ކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ، މިއަދު މެންދުރު ފަހުން ފެށިގެން އިރުއޮއްސެންދެން އެމްޑީޕީގެ މެނިފެސްޓޯ ވޯކްޝޮޕެއް ބާއްވަން ދަރުމަވަންތަ ސްކޫލް ވަނީ ދޫކޮށްފައިވާތީއެވެ.
އުޝާމްކުރެއްވި ޓުވީޓްގައި، އެ ޕާޓީ ވެސް ހިމެނޭހެން އެމްޑީޕީން ނޫން ޕާޓީތަކުން ސްކޫލެއް ދޫކޮށްދިނުމަށް އެދުމުން އެޑިއުކޭޝަން މިނިސްޓްރީން ދޭ ޖަވާބަކީ ޕާޓީތަކަށް ދޫކުރުން މަނާ ކަމަށް ބުނެފައިވެއެވެ.
https://twitter.com/a_usham/status/1669670838138966016?s=20ސްކޫލުތައް ކުއްޔަށް ދޫކުރަންވީ ގޮތުގެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީގައި އޮވެ އެވެ. އޭގައި ކުއްޔަށް ދޫނުކުރެވޭ ހާލަތުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ "ހަރަކާތުގެ ބާވަތުން ސްކޫލް ކުދިންގެ އަޚުލާގީ އަދި ސުލޫކީ މިންގަނޑަށް ނޭދެވޭ އަސަރުކޮށްފާނެ ކަންކަމުގައި ސްކޫލްތަކުގެ ގޯއްޗާއި، ހޯލާއި، ކްލާސްރޫމް ކުއްޔަށް ދޫނުކުރުމުގެ އިޚްތިޔާރު ސްކޫލަށް ލިބިގެންވޭ" ކަމަށެވެ.

