ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ، 72 ދެގަޑިއިރަށް ހުއްޓާލުމަށް ހަނގުރާމައިގައި ބައިވެރިވާ ދެފަރާތުން އެއްބަސް ވެއްޖެއެވެ. ސޫދާންގެ އާރމްޑް ފޯސަސް އާއި އަމިއްލަ އަސްކަރީ ޖަމާޢަތެއް ކަމަށްވާ ރެޕިޑް ސަޕޯޓު ފޯސަސް (އާރު.އެސް.އެފް.) އިން މިކަމަށް އެއްބަސްވެފައި މިވަނީ ސަޢުދީ އާއި އެމެކިރާގެ މެދުވެރީންގެ ހުށަހެޅުމަކަށް ކަމަށް އެފަރާތްތަކުން ވަނީބުނެފައެވެ.
ދެޤައުމުގެ އޮފިޝަލުން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސޫދާނުގެ ހުރިހާ ސަރަޙައްދެއްގައި ހަނގުރާމަ މެދުކަޑައިލުމަށް ހަމަޖެހިފައި ވަނީ، އާދީއްތަ ދުވަހުގެ ހެނދުނު 6:00 އިން ފެށިގެން ކަމަށެވެ. މި އެއްބަސްވުން މިމަހުގެ 21 އާއި ހަމައަށް ދެމިގެންދާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
ސަޢުދީއާއި އެމެރިކާގެ އިސްނެގުމަކަށް ހަނގުރާމަވެރި ދެފަރާތުގެ މަންދޫބުންނާއި އެކު ބޭއްވުނު ބައްދަލުވުން ތަކަކަށް ފަހު މިކަން އިޢުލާނުކޮށްފައި މިވަނީ ވެރިރަށް ޚުރްޠޫމްގައި ހަނގުރާމަ ވަރަށް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
މިފަހަރުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ މުއްދަތަށް ހަނގުރާމަ މެދުކަނޑާލުމަށް ދެފަރާތުން އެއްބަސްވެފައިވުމުގެ އިތުރަށް، އިންސާނީ އެހީދޭ ފަރާތްތަކަށް ސޫދާނުގެ ހުރިހާ ސަރަޙައްދު ތަކެއްގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ އެއްބަސްވެފައި ކަމަށް އެބަޔާނުގައި ވެއެވެ.
https://twitter.com/USEmbassyKRT/status/1670146759530610696?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1670146759530610696%7Ctwgr%5Eff32a2ca746d8e99eb8f0e937e22dbab008a15fd%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.aljazeera.com%2Fnews%2F2023%2F6%2F17%2Fair-raid-kills-17-in-sudans-capital-khartoumސޫދާނުގެ ހަނގުރާމަވެރިންނާއި އެކު މިފަދަ އެއްބަސް ވުމަކަށް އައުމަށް ދެޤައުމުގެ އޮފިޝަލުން މަސައްކަތް ކުރައްވާތާ ހަފުތާތަކެއް ވެފައި ވާއިރު، މީގެ ކުރިން ވެވުނު މިފަދަ އެއްބަސްވުން ތައް ވަނީ ނާކާމިޔާބު ވެފައެވެ.
ސޫދާނުގައި މިހާރު ހިނގަމުންދާ މިހަނގުރާމައިގެ ސަބަބުން، ރެކޯޑު ޢަދަދެއް ކަމަށްވާ، 25 މިލިއަން މީހުން ޙާލުގައި ޖެހި އެހީއަށް ބޭނުންވެފައި ވާކަމަށް އދ. އިން ބުނެއެވެ. މިއީ، ސޫދާނުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ޢަދަދެކެވެ.

