ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލޭންޑްގައި ފަތުރުވެރިއަކު ރޭޕްކުރިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
އެ ތުހުމަތުކުރި އުމުރުން 26 އަހަރުގެ ޗައިނާ އަންހެން މީހާ ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އޭނާ ރާއްޖެ އައީ މި މަހުގެ ހަ ވަނަ ދުވަހު ޑައިވް ގުރޫޕަކާ އެކުގަ އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން މީޚޑިއާތަކަށް ފޮނުވާފައިވާ މެސެޖްގައިވަނީ ފަތުރުވެރިއަކު ރޭޕްކުރި މައްސަލައެއް މި މަހުގެ ހަ ވަނަ ދުވަހު ހުށަހަލާފައިވާ ކަމަށާއި އަދި ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނަގައި ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް މި މައްސަލައަށް މިހާރު 12 ދުވަސް ހަމަވެފައިވާއިރު އަދި މި ކަމާއި ގުޅިގެން އެއްވެސް ފަރާތެއް ހައްޔަރުކޮށްފައެއް ނުވެއެވެ.
އަދި އެ މައްސަލަ ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގައި ރަޖިސްޓްރީ ކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ. ހަމަ އެ ދުވަހު ތުލުސްދޫގައި ހުންނަ މާލެ އަތޮޅު ހެލްތް ސެންޓަރަށް އޭނާ ދައްކާފައިވާ ލިޔުމެއްވެސް ހިއްސާކޮށްފައިވެ އެވެ.
ހާދިސާ ހިނގީ ކޮން ރިސޯޓެއްގައިކަން ފުލުހުން ހާމަނުކުރި ނަމަވެސް ރޭޕްގެ ޝިކާރައަކަށްވި ޗައިނާގެ އަންހެން މީހާ، އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުގައިވާ ގޮތުން އޭނާ ޗުއްޓީ ހޭދަކުރަމުން ދިޔައީ ފަރި އައިލެންޑް ރިސޯޓުގަ އެވެ.
https://twitter.com/yolyyitong/status/1670412655562199040?s=46&t=YOMcM7x-FnT57_2QqFS_kQޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި އޭނާ ލިޔެފައިވާ ދިގު ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އޭނާ ރޭޕްކުރީ ރިސޯޓުގައި އޭނާ ހުރި ރޫމަށް ކަނޑައަޅާފައިވާ ބަޓްލަ އެވެ. އެހެންވެ، އެ މައްސަލަ ފުލުހުންގެ އިތުރުން މާލޭގައި ހުންނަ ޗައިނާ އެމްބަސީގެ ސަމާލުކަމަށް ވެސް ގެނެސްފައި ކަމަށް އޭނާ ލިޔެފައިވެއެވެ.

