އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ހިންގެވުމުގެ ގޮތްތަކާއި މެދު ހިތްހަމަ ނުޖެހުންތައް ހުރުމާއިއެކު އެ ޕާޓީން ވަކިވެވަޑައިގެން " ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އެ މެމްބަރުންތައް ވަނީ ޕާޓީއެއް އުފައްދާފައެވެ. ނަމަވެސް އެ ޕާޓީ އުފެއްދުމަށް ހުރަސް އަޅާ ކަމަށް ބުނެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ނުލިބެނީސް އިލެކްޝަންސް ކޮމިޝަންއިން ނުނިކުތުމަށް އެ ޕާޓީން ނިންމައިފިއެވެ.
އެގޮތުން ޑިމޮކްރެޓްސްއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބަވާ މެމްބަރުންތައް ތިބީ އީސީގެ ރިސެޕްޝަނުގައެވެ.
އޭގެ ތެރޭގައި އެ ޕާޓީގެ މުއައްސިސް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި، މަޖިލިސް ނައިބު ރައީސް އީވާ އަބްދުالله އާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ހިމެނެ އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވާ އެ ޕާޓިން ވިދާޅުވި އެ ޕާޓިން 3000 ސައްހަ ފޯމް ހުށަހަޅަފައިވާ ކަމަށާއި، އެހެން ކަމަުން އީސީގެ ޖަލްސާއެއް ބޭއްވުމަށްފަހު އެ ޕާޓިން އެ އެދޭ ހުއްދަ ދެވޭނެ ކަމަށެވެ. އަދި ދަ ޑިމޮކްރެޓްސް އުފެއްދިޔަ ނުދޭން ވަރަށް ބޮޑަށް ދަތިތައް ކުރިމަތިކުރުވާ ކަމަށްވެސް އެ ޕާޓީން ފާހަގަކުރިއެވެ.
ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ބޭނުންވާ އެންމެ މަދު އަދަދަކީ 3،000 މެމްބަރުންނެވެ. އީސީން މެއި 24، ގައި ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމާއެކު އެ ޕާޓީން ވަނީ މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީއަށް ސޮއި ހޯދުމުގެ ހަރަކާތްތައް ހިންގި އެވެ. އެއަށް ފަހު 3،560 ފޯމް އީސީއަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހު އެވެ.
އީސީއަށް ހާޒިރުވެ ތިއްބެވި ޑިމޮކްރެޓްސްގެ މެމްބަރުން އެތަނުން ދާނި ރެޖިސްޓްރީ ލިބުމުން ކަމަށް އެ ޕާޓީގެ ޕްރެސް ގުރޫޕްގައި ބުނެފައިވެއެވެ.

