އިދިކޮޅު ޕާޓީތަކުން ކިތަންމެ މަސައްކަތެއްކުރިޔަސް ރައީސް އިންރާހިމް މުހައްމަދު ޞާލިހް ބަލިނުކުރެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެއެވެ.
ރީކޯ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހް ބަލިކުރެވޭނެ އުކުޅެއް ތައްޔާރުކުރެއްވުމަށް އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެމްޑީޕީތެރެ އޮތީ ވަރަށް ގަދަކޮށް ކަމަށްކަން ފާހަގަކޮށް އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތައް ކިތަންމެ މަސައްކަތެއް ކުރިނަމަވެސްއެ ޕާޓިތަކަށް އެއްގަލަކަށް އެރޭކަށް ނެތް ކަމަށެވެ.
"އިދިކޮޅު އެންމެންގެ ބުރަ މަސައްކަތަކީ މި ޕާޓީގެ ކެންޑިޑޭޓު ރައީސް ސޯލިހު ބަލިކުރާނެ އުކުޅެއް ތައްޔާރުކުރުން، އެކަން ކުރެވޭކަށް ނެތް. އެއްގަލަކަށް އެ ވެރިންނަކަށް އެރޭކަށް ނެތް. ޕާޓީ އެއްބަސްވާ ކެނޑިޑޭޓަކު ނެރެވޭކަށް ނެތް،" މޫސަ ވިދާޅުވިއެވެ.
އެމްޑީޕީ ދެ ފަޅިވެ، 12 މެންބަރަކު ޕާޓީން ވަކިވެ، މިހާރު ވަނީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ޕާޓީއެއް އުފަން ކުރުމުގެ މަސައްކަތް ފަށައިފައެވެ. ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިރު، އެ ޕާޓީން ވަނީ ސަރުކާރާއެކު ކޯލިޝަން ނުހަދާނެ ކަމަށް ބުނެފައެވެ.

