ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްގެ އަޒީޒްގެ ޚަރަދުގައި މިއަހަރު ރާއްޖެއިން ހައްޖަށް ދިޔުމަށް ފުރުސަތު ދެއްވި 10 ބޭފުޅުންގެތެރޭ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހިމެނިއްޖެއެވެ.
މި 10 ފަރާތް ހައްޖަށް ދިޔުމަށް ފުރާނީ އަންނަ ހުކުރު ދުވަހުއެވެ. އެހެންކަމުން އަންނަ ބުދަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕުން ދަގަނޑޭ ފެނިގެނެއް ނުދާނެއެވެ.
ދަގަނޑޭ ބުނި ގޮތުގައި ސާފް ޗެމްޕިއަންޝިޕާއި ހައްޖު މޫސުމާއި އެއްވަގުތަކަށް ދިމާވާތީވެ، ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބިފައި އޮތުމުން ކުރިންވެސް ޓީމުގައި ބައިވެރިނުވަނޖް ވަނީ ނިންމާފައެވެ.
އެ މުބާރާތަށް ވާދަކުރުމަށް ގައުމީ ފުޓްބާލަ ޓީމް މިހާރު ތިބީ އިންޑިއާގެ ބެންގަލޫރުގައެވެ. އެ މުބާރާތައް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑްގައި ދަގަނޑޭ ހިމާނާފައެއް ނުވެއެވެ.
ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ލުބުނާނާއި ބަންގްލަދޭޝް އެވެ. ސާފް ޗެމްޕިއަންޝިޕް އިންތިޒާމު ކުރުމުގެ ހުރިހާ ހައިސިއްޔަތެއް އިންޑިއާ އަށް ދީފައިވުމުން، އެ ގައުމުން ވަނީ ދެކުނު އޭޝިއާ އިން ބޭރުން ކުވައިތާއި ލުބުނާން ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ފުރުސަތު ދިފަ އެވެ.

