ކޯރާޑިއެއް ހިފައިގެން ހުރި ފިރިހެނަކު ނިއުޒިލޭންޑްގެ އެންމެ ބޮޑު ސިޓީ އޯކްލޭންޑްގެ 3 ޗައިނީޒް ރެސްޓޯރެންޓަކަށް ވަދެ ޙަމަލާދީފިއެވެ. މިޙަމަލާގެ ސަބަބުން 4 މީހަކު ޒަޚަމްވެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެޤައުމުގެ އޮފިޝަލުންނާއި، މީޑިއާއިން ވަނީ ބުނެފައެވެ.
ޒަޚަމްވި މީހުންގެ ތެރެއިން އެކަކު ވަނީ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައި ކަމަށާއި، އަނެއް 3 މީހުންގެ ޙާލަތުވެސް ގޯސްނުން ކަމަށް ޚަބަރުލިބެއެވެ.
ނިއުޒިލޭންޑްގެ މީޑީއާއިން ބުނާ ގޮތުގައި ރޭގެ 9:00 ހާއިރު ހިނގި މި ޙާދިސާގައި ކޯރާޑި ހިފައިގެން ހުރި މީހާ ވަނީ އޭނާއަށް ފެނުނުހާ މީހަކަށް ޙަމަލާ ދީފައެވެ.
މިކަމާއި ގުޅިގެން ނިއުޒިލޭންޑްގެ ފުލުހުން ވަނީ 24 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ. އަންގާރަ ދުވަހު އެމީހާގެ މައްޗަށް “ފުރާނައަށް ގެއްލުން ދިނުމުގެ ނިޔަތުގައި ޙަމަލާދިނުމުގެ” ދަޢުވާ އުފުލުމަށް ވަނީ ހަމަޖެހިފައި ކަމަށާއި، އަދި އިތުރު ދައުވާތައް އުފުލުމުގެ ފުރުޞަތު ބޮޑުކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ.

