ޖުމްހޫރީ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު މިއަދު އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.
ސަމީރު އާއި އެކު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު، އިތުރުން ޖޭޕީގެ ކުރީގެ ގިނަ މެންބަރުންތަކެއްވެސް ވަނީ މިއަދު އެމްޑީޕީއަށް ސޮއި ކުރައްވާފައި ކަމަށް އެމްޑީޕީން މިރޭ ކުރެއްވި ޓުވީޓެއްގައި ހާމަކޮށްފައިވެއެވެ.
މި ބޭފުޅުންގެ ފޯމުތަކާއި ހަވާލުވެ ވަޑައިގެންފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. މި ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަމީރު ޖޭޕީން ވަކިވެވަޑައިގެންފައިވަނީ ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރުމަން ނިންމި ވަގުތު އެ ކައުންސިލް ބައްދަލުވުމުގައި އިދެފައެވެ. އަދި އެ ޕާޓީން ވަކިވީ ޖޭޕީގެ އެ ނިންމުމަކީ މިވަގުތު ގައުމަށް އެންމެ ބޭނުންވާ ނިންމުމެއްކަމަށް ގަބޫލުނުކުރައްވާތީ ކަމުގައިވެސް ސަމީރުވަނީ ވިދާޅުވެފައެވެ.

