ދަ ޑިމޮކްރެޓްސްގެ ނަމުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުއަށް ތާއިދުކުރައްވާ މެންބަރުންތަކެއް އިސްވެ ތިއްބަވައި އުފައްދަވަން އުޅޭ ޕ]ާޓީ” ދަ ޑިމޮކްރެތްސް”: އުފެއްދުމަށް ހުއްދަ ނުދިނަސް އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެމްޕެއިންތައް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
ޑިމޮކްރެތްސް އުފެއްދުވުމުގައި އިކޮށް އުޅުއްވާ އެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަން ލަތިފު ވިދާޅުވީ އެއްވެސް ސަބަބެއް ނެތިވެ އެ ޕާޓި އުފެއްދެވުމަށް އީސީއިން ހިފެހެއްްޓޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެއީ ގާނޫނު އަސާސީއާއި ޚިލާފު އަމަލެއްކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަންކަމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކެއް ކަމަށާއި، އަދި އޭގެ މުރާދަކީ ކެމްޕެއިން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެ ގާނޫނުން ލިއްބައިދޭކަންކަމުގައި ހަސަން ލަތީފް ފާހަގަކުރިއެވެ.
މީގެ އިތުރުން އީސީގެ މަސްއޫލިއްޔަތަކީ ސީޔާސީ ޕާޓިއެއް އުޖފެއްދުމަށް އެދުމުން އެކަމާއި ގުޅޭ އިޖުރާތުތަކެއް ގެންގުޅުމާއި އަދި އެކަން ހާމަވާނަމަ އެކަން ކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ކުލަޔަކާއި ނިޝާނާއި ލޯގޯއާއި އަޅުގަނޑުމެން ގެންގުޅެން ވެސް ފަށާނަން، އަޅުގަނޑުމެންގެ ނަން، ދަ ޑިމޮކްރެޓްސް، މި ނަން ވެސް އަޅުގަނޑުމެން ހަމަ ހުރިހާ ރަށެއްގައި ކިޔަމުން ވެސް ގެންދާނަން، ދެން މިހާރު ވެސް ލަަވަޔާ އެއްޗެހި އަޅުގަނޑުމެން ހަމަ ހަދަމުން އެބަ ގެންދަން އިނގޭތޯ، އެހެންވީމަ ކެމްޕޭނު އަޅުގަނޑުމެން ކުރަމުން ގެންދާނަން،” ޑިމޮކްރެޓްސްގެ ފަރާތުން ކެންޑިޑޭޓަކު ނެރޭނެ ވާހަކަ ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބަށް ނުކުންނާނެ ކެންޑިޑޭޓެއް އަދި ކަނޑައަޅާފައި ނެތް ނަމަވެސް އެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ނުކުންނަވާނެ ކަމަށް އަޑުތައް ފެތުރިފައިވެއެވެ.

